ރައްޔިތުން އެދެނީ ލިވާތުކުރާ މީހުނަށް މަރުގެ ހައްދު ގާއިމްކުރަން: ޝެއިޚް މުޖުތަބާ
ރައްޔިތުން އެދެނީ ލިވާތުކުރާ މީހުނަށް މަރުގެ ހައްދު ގާއިމްކުރަން ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް މުޖުތަބާ ވިދާޅުވެއްޖެއެވެ.
ޝެއިޚް މުޖުތަބާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވީޑިޔޯއެއްގެ މައްޗަށް ބިނާކޮށް ޙައްދެއް ޤާއިމުކުރަން އެއްވެސް ރައްޔިތަކު ނުގޮވާ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން ގޮވާލަނީ ޢަދުލުވެރިކަމާއި އެކު ތަޙްޤީޤުކޮށް، އެ ތަޙްޤީޤުގެ މައްޗަށް ބިނާކޮށް އެކުށް ސާބިތުވެއްޖެނަމަ، ލިވާތުކުރާ މީހުންނަށް އިސްލާމީ ދީނުގައި އޮންނަ މަރުގެ ހައްދު ޤާއިމުކުރުމަށް ކަމަށެވެ.
ވީޑިޔޯއެއްގެ މައްޗަށް ބިނާކޮށް ޙައްދެއް ޤާއިމުކުރާކަށް އެކަކުވެސް ނުގޮވާ. ރައްޔިތުންގެ ގޮވާލުމަކީ ޢަދުލުވެރިކަމާއި އެކު ތަޙްޤީޤުކޮށް އެ ތަޙްޤީޤުގެ މައްޗަށް ބިނާކޮށް އެކުށް ސާބިތުވެއްޖެނަމަ ލިވާޠުކުރާ މީހުންނަށް އިސްލާމީ ދީނުގައި އޮންނަ މަރުގެ ހައްދު ޤާއިމުކުރުން.
— Mujuthaba Hameed (@HameedMujthaba) June 25, 2022
ޝެއިޚްގެ މި ޓްވީޓަކީ ފާއިތުވެދިޔަ 2 ދުވަސްތެރޭ އާންމުވެފައިވާ ވީޑިއޯތަކާއި ހަވާލާދީ ކޮށްފައިވާ ޓްވީޓެކެވެ. އެގޮތުން މި ވީޑިއޯތަކުގެ ތެރެއިން ބައެއް ވީޑިއޯއިން މަޖްލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ އިތުރުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)، އަދި ރާއްޖޭ ޓީވީގެ ނޫސްވެރިޔާ ނަސީރު އާއި، އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު ފަލާހު ކަމަށް ބެލެވޭ މީހަކު، އެއް ޖިންސުން ގުޅުންހިންގާތަން ފެނެއެވެ.
މީގެ ތެރެއިން ގިނަ ވީޑިއޯގެ މައްސަލަ ފުލުހުން މިހާރު ބަލަމުން އަންނައިރު، ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.
މިކަމާ ގުޅިގެން ވީޑިއޯ ތަކުން ފެންނަ ފަރާތްތަކަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އޭގެން އެއްވެސް ފަރާތެއްގެ ބަސް އަދި މިހާތަނަށް ވަނީ ލިބޭގޮތް ނުވެފައެވެ. ހަމަ އެހެންމެ ކުރިއަށް އޮތް ދުވަސްތަކުގައި، އެހެން ފަރާތްތަކެއްގެ މިފަދަ ވީޑިއޯތަކެއް ލީކުވާނެކަމަށް އެކި މަސްދަރުތަކުން ހަބަރުލިބެއެވެ.
thifadain kanthah kuraanee.kihineth efadameennah.misarukArun.deneeihzaths shaan saukathu