ޚަބަރުސިޔާސީ

އުތުރު ތިލަފަޅުން ގޯތި ދޭން ރައީސް ޞާލިހް ނިންމަވައިފި

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުވާލާ ސްކީމުން ބިން ދޭ ސަރަހައްދެއްގެ ގޮތުގައި އުތުރު ތިލަފަޅު ހިމެނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ހާމަކޮށްފިއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައެވެ. ރައީސް ޞާލިހް ވިދާޅުވީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި ސަރުކާރުން މިހާރު މާލޭގެ ރައްޔިތުންނަށް ދެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް ހުޅުވާލާފައިވާ ކަމަށެވެ.

”ދެން އޮތީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯހިޔާވހަިކަން ދިނުމަށްޓަކައި ބިން މިލްކު ކުރުމަށް ހުޅުވާލެވޭ ސްކީމް. އިރާދަ ކުރެއްވިއްޔާ މިރޭ، ކުޑަ އިރުކޮޅެއް ފަހުން އެ ސްކީމު ހުޅުވިގެން ދާނެ،“ ރައީސް ޞާލިހް ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އޭގެއިތުރުންވެސް ރައީސް ޞާލިހް ވިދާޅުވީ އެ ސްކީމުގައި މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނާއި ދަފްތަރުގައި ރެޖިސްޓްރީވެ، 20 އަހަރުވެފައިވާ މީހުންނަށް ތަފާތު ކުރުމެއް ނެތި ބައިވެރިވެ ބިން މިލްކް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

”އެކަމަށް އަޅުގަނޑުމެން ނިންމާފައި އޮތް އެއް ފަޅަކީ އެ ވިދާޅުވާ އުތުރު ތިލަފަޅު. އެތަނުގައި ދިވެހިން ދިރިއުޅޭނީ. ބޭރު މީހުންނެއް ނޫން ދިރިއުޅޭނީކީ. މާލޭން  ވިލިމާލެއަށް، ގުޅީ ފަޅުން ތިލަފުއްޓަށް. ތިލަފުށިން ގިރާވަރުފަޅަށް. ގިރާވަރުފަޅުން އުތުރު ތިލަފަޅަށް ބުރިޖުން އެތަން ގުޅިގެންދާނެ،“ ހަމަހަމަކަމާ އެކީގައި ދިވެހިންނަށް ފުރުސަތު ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ޞާލިހް ވިދާޅުވިއެވެ.

”މިއީ ދިވެހިންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދައި ދިނުމަށް ކުރަމުންދާ މަސައްކަތް،“
މާލެ ސަރަހައްދުން ދޫކުރާ އިތުރު ގޯއްޗާއި ފްލެޓަށް މިއަދު އިއުލާނު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި4،000އަށް ވުުރެ ގިނަ ގޯއްޗާއި 6،000 ފްލެޓު ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނަށް ގަލޮޅުގައި މިދިޔަ ހަފްތާގައި ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ދަފްތަރުގައި ޖެހިފައިވާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނާއި އަދި މާލޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭ ހުރިހާ އެންމެންނަށް ގޯއްޗާއި ފްލެޓު ދެއްވާނެ ކަމަށް ވައުދުވެފައެވެ. ދައުރު ނިމެން މިހާ ކައިރިވެފައި ވަނިކޮށް މިފަދަ ބޮޑެތި ނިންމުންތައް ރައީސް ޞާލިހް ނިންމަމުންދާތީވެ ގިނަ ފަރާތްތަކުގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ ރައްދުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button