ޚަބަރު
އެއްވެސް ވެރިއަކަށް ބްލޮކް ނުކުރެވުނު ބަރަހަނާ ވެބްސައިޓްތައް ސަރުކާރުން ބްލޮކްކޮށްފި
ރާއްޖޭގައި މިހާތަނަށް އެއްވެސް ވެރިޔަކަށް ބްލޮކް ނުކުރެވުނު ބަރަހަނާ ވެބްސައިޓުތައް މި ސަރުކާރުން ބްލޮކް ކޮށްފިއެވެ.
ރާއްޖޭގައި ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތަށް ހުރިހާ ސައިޓެއް ބްލޮކްކުރަން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް އަންގާފައިވާކަމަށް ނަން ހާމަ ނުކުރުމަށް އެދި ސަރުކާރުގެ އިސް އޮފިޝަލަކު މީޑިޔާއަށް މައުލޫމާތުދީފިއެވެ.
ރަސްމީ އެއްވެސް އިދާރާއަކުން މިކަމާގުޅޭ މައުލޫމާތެއް ލިބިފައި ނުވާ ނަމަވެސް މިފަދަ ވެބްސައިޓުތަކަށް އެކްސެސް ކަނޑާލާފައިވާކަން އޮފިޝަލް ކަށަވަރުކޮށްދެއްވިއެވެ.
ދިރާގާއި އުރީދޫގެ އިންޓަނެޓް ކަނެކްޝަންތަކުން ބަރަހަނާ ސައިޓުތަކަށް މިހާރު ނުވަދެވޭ ކަމަށްވެއެވެ.
Fake news 2 webbsite inee block kohffa bakee etha site ey huree sale alhuwaafa