ޚަބަރު

އިތުރު ވީޑިއޯއެއް، މިފަހަރު ފަލާހު؟

އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރ ފަލާހު ކަމަށް ލަފާކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

މި ވީޑިއޯ އަކީ އިއްޔެ އާންމުވެފައިވާ ވީޑިއޯ ސިލްސިލާގެ ތެރެއިން އެއް ވީޑިއޯއެވެ. މިކަމާއި ގުޅިގެން ފަލާހުގެ ބަހެއް ހޯދުމަށް ”ބޮންތި“އިން ގުޅުމުން އޭނާގެ ނަމްބަރު ވަނީ ނިއްވާލައިފައެވެ. އަދި ޓެލެގްރާމް، ވަޓްސްއެޕްއިން މެސެޖްކުރުމުންވެސް ފަލާހް ޖަވާބެއް ނުދެއްވިއެވެ.

އިއްޔެ އާންމުވެފައިވާ ވީޑިއޯ ތަކުގެ ތެރޭގައި، ރާއްޖޭ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރުގެ އިތުރުން، އެއް ވީޑިއޯއިން ފެންނަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކަމަށްވެސް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. މިކަމާ ގުޅިގެން ސަލީމްގެ ބަހެއްވެސް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ފާއިތުވެދިޔަ ދެދުވަސްތެރޭ މިފަދަ ގިނަ ވީޑިއޯތަކެއް އާންމުވެފައިވާއިރު، މި ވީޑިއޯތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ އިތުރުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ބަރަހަނާހާލުގައި ވާތަނާއި، އެއް ޖިންސުން ގުޅުން ހިންގާތަން ފެނެއެވެ.

މީގެ ތެރެއިން ގިނަ ވީޑިއޯގެ މައްސަލަ ފުލުހުން މިހާރު ބަލަމުން އަންނައިރު، ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button