ޚަބަރު

ބަރަހަނާވި ނަބީލު ދެވަނަ ފަހަރު ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖަހައިފި

ޢާންމު އިޖުތިމާޢީ މިންގަޑާ ޚިލާފު ފޮޓޯ އާމުކުރާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް)ގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މީސް މީޑިއާ ގައި ބަރަހަނާ ފޮޓޯތަކެއް ތަކުރާރުކޮށް އާންމު ކުރަމުން ގެންދިޔަ ނަބީލް ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ނަބީލް ހައްޔަރު ނުކޮށްގެން އާންމުން ވަނީ މީސްމީޑިއާގައި ފުލުހުންނާއި، ސަރުކާރަށް ފާޑުކިޔާފައެވެ. އަންހެން ހެދުން އަޅައިގެން ޓުވިޓާ އަދި ޓިކްޓޮކްގައި ވީޑިއޯ އާންމުކޮށްގެން މީގެކުރިން ވެސް ތިން ފަހަރަކު ނަބީލް ވަނީ ހައްޔަރުކޮށް އެކަން ނުކުރުމަށް އަމުރުކޮށް ދޫކޮށްލާފައެވެ. މީ ނަބީލް ހައްޔަރު ކުރި ހަތަރުވަނަ ފަހަރެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ، ހެކީގެ ގޮތުގައި ބަރަހަނާ މަންޒަރު ދައްކުވާ ފޫޓޭޖާއި ސްނެޕް ސިކްރީންސޮޓް ތަކެއް ހުށަހާޅާފައި ވާތީއެވެ. އަދި އޭނާ 10 ދުވަހަށް ބަންދު ކުރަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަލާފައެވެ.

މީގެ ކުޑަަދުވަސް ކޮޅެއް ކުރިން ކޯޓުން އަމުރުކުރީ ނަބީލް ދޫކޮށްލައިފިނަމަ މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ނެތް ކަމުގައެވެ. ނަބީލްގެ ފަރާތުން މީހަކަށް ގެއްލުމެއް މިހާތަނަށް ލިބިފައިނުވާތީ، ބަންދުން ދޫކޮށްލިޔަސް ބިރެއް ނެތްކަން ކޯޓު ވަނީ މީގެ ކުރިން އަމުރު ކޮށްފައެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button