ޚަބަރުސިޔާސީ

ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމަށް އަބާން!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމަށް ޕީއެންސީގެ މެމްބަރު، މުޙައްމަދު އަބާން ޢަބްދުއްލަޠީފު އައްޔަނު ކުރައްވައިފިއެވެ.

އަބާން އެ މަޤާމަށް އައްޔަނު ކުރެއްވީ މި މަހުގެ 17 ‏ވަނަ ދުވަހުއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބާން ވަނީ، މިކަމަށްޓަކައި ރައީީސް ޑރ.މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޤައުމަށް މިފަދަ ހިސާބެއްގައި ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ.

އަބާން ޕީއެންސީއާއި ގުޅިވަޑައިގަތީ، އިތުރު 100 މީހުންނާއިއެކުގައެވެ. އޭނާ އަކީ މަލަރެސް ނޫހުގެ ފައުންޑަރެވެ. އޭނާ އަކީ ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ކުރެއްވުމަށްފަހު، ރައީސް މުޢިއްޒު ވަނީ ޒުވާނުންނަށް އުއްމީދީ މެސެޖެއް ދެއްވައިފައެވެ. އެމަނިކުފާނު ވަނީ ޒުވާނުންނަކީ ޤައުމު ހިންގުމުގެ އިންޖީނު ކަމަށާއި، ޤައުމު ދެމިއޮތުމުގެ ހަކަތަ ކަމުގައި ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button