ޚަބަރުސިޔާސީ

ލިބެން ހުރި ބިންތަކާއި އެކު 75،000 ހައުސިންގ ޔުނިޓް އެޅޭނެ: މިނިސްޓަރ ހައިދަރު

ލިބެން ހުރި ބިންތަކާއި އެކު މުޅި ޖުމްލަ 75،000 ހައުސިން ޔުނިޓް ތަރައްގީ ކުރެވިގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅިުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ މި ސަރުކާރުގެ ޕްލޭނަކީ ހުޅުމާލެ ފޭސް ތިނަކުން 10،000 އެއްހާ މީހުންނަށް ބޯހިޔާވަހިކަން ދިނުން ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގައި 65،000 ފްލެޓް އެޅޭނެ ކަމަށް ވިދޅުުވި ނަމަވެސް އެ އަދަދަށްވުރެ އިތުރަށްވެސް ހައުސިންގ ޔުނިޓް އެޅޭނެ ކަމށާއި، އިތުރު ބިންތަކެއްވެސް ސަރުކާރަށް ލިބޭނެ ކަމަށާއި، ކުރީ ސަރުކާރުން ހިއްކަން ފަށާފައިވާ ފޭސް 3 ވެސް މި ސަރުކާރުގެ ޕްލޭންގައި ނެތް ނަމަވެސް އެތަން ހިއްކާ ނިންމުމަށްފަހު އެބިންތައް ވެސް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ފަހު ދުވަސްކޮޅު ހުޅުމާލެ ފެސް 2 އަދި ފަރުކޮޅުފުއްޓާ ދިމާލުން އޮންނަ ފަޅުގެ ސަރަހައްދު ހިއްކަން ނިންމައި އެ މަސައްކަތް އޭރު ފެށި އެވެ. އެ ސަރަހައްދަކީ ’ބިންވެރިޔާ‘ ސްކީމްގެ ދަށުން ބައެއް މީހުންނަށް ގޯތި ދޭން ކަނޑައަޅާފައިވާ ސަރަހައްދެކެވެ.

One Comment

  1. ބްރިޖުން ނުގުޅޭ ހިސާބުގައި ބޮޑު ބިމެއް ހިއްކާފަ މާލޭ މީހުން ފޮނުވަން އުޅުމަށް ވުރެން ތުލުސްދޫ ނޫނީ ކާށިދޫ ތަރައްހީ ކޮއްފަ އެތަނަށް ފޮނުވިއްޔާ މާބޮޑަށްވެސް ތިޔަ އިސްރާފު ނުކޮށް ވާނެއެވެ. ތިޔަ އުޅެނީ މިގަރުނުގެ އެންމެ ބޮޑު އިސްރާފު ކުރާށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button