ޚަބަރުދުނިޔެ

އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ވަގުތީގޮތުން މެދުކަނޑާލަނީ

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލަން އުޅޭކަމުގެ ހަބަރު ފަލަސްތީނުގެ ގާޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ ދެއްވައިފިއެވެ.

ހަމަލާތައް މެދުކަނޑައިލުމުގެ މި އެއްބަސްވުމަކީ ގަތަރުގެ އެހީގައި އިޒްރޭލާއި ފަލަސްތީނުގެ ތާއީދާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން އެއްބަސްވެވުނު އެއްބަސްވުމެއް ކަމުގައި ހަނިއްޔާ ވިދާޅުވިއެވެ.

ހަމާސްގެ އިސް އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި މިހާރު މަޝްވަރާތައް ކުރިއަށްދަނީ ހަމަލާތައް މެދުކަނޑައިލާނެ މުއްދަތަކާމެދުގައެވެ.

އިސް އޮފިޝަލު ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގައި ހަމަލާތައް މެދުކަނޑާލުމުގެ އިތުރުން، ގާޒާގެ ހުރިހާ ސަރަހައްދަކަށް އެހީގެ އުޅަނދުތަކައް ވަދެވޭނެ މަގު ފަހިކޮށްދިނުމާއި، އަނިޔާވެފައިވާ މީހުން އެހެން ގައުމުތަކަށް ފަރުވާއަށް ފޮނުމުވުގެ ފުރުސަތާއި، ހަމާސްއިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އާންމުން އަދި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އާންމުން މިނިވަންކުރުން ހިމެނެއެވެ.

މި މަޝްވަރާގެ ދަށުން ހަމަލާތައް 4 ދުވަހަށް މެދުކަނޑާލުމަށް ނިންމާފައިވާއިރު، މި އެއްބަސްވުމުގެ ސަބަބުން ފަލަސްތީނުގެ 14،100 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ގެއްލި، ހަ ހަފުތާއަށް ވުރެ ގިނަ ދުވަސްވަންދެން ހިނގަމުންދާ ހަނގުރާމަތަކަށް ކުޑަ ވަގުތުކޮޅަކަށް ހުއްޓުމެއް އަންނާނެ ކަމަށް ވެއެވެ.

ޣައްޒާއިން އިޒްރެއިލަށް ދިން ރޮކެޓް ހަމަލާތަކުގައި އިސްރާއީލުގެ 1200 މީހަކު މަރާލާފައި ވެއެވެ. އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ހަނގުރާމަ ހުއްޓާލަން އެއްބަސްވިޔަސް ހަމަނުޖެހުން ނިމުމަކަށް ނާންނާނެކަމުގައެވެ. އަދި ހަމާސް އިން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، ނުވަތަ 4 ދުވަހުގެ މުއްދަތު ހަމަވުމުން އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

2023 އޮކްޓޫބަރު 7 ވަނަ ދުވަހު ފެށި ހަނގުރާމައަށް ދޮޅު މަސް ވާން ގާތްވެފައިވާއިރު މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 12،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button