ލޮނުޒިޔާރަތް ޕާކު މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި
ލޮނުޒިޔާރަތް ޕާކު މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
އެގޮތުން ލޮނުޒިޔާރަތް ޕާކުގެ އެކި ދިމާލުގައި ހުރި ތަންތަން ވަރަށްބޮޑަށް ހަލާކުވެ މަރާމާތުކުރުމަށް ބޭނުންވެފައިވާކަމަށާއި، ޕާކު ތެރެއާއި ޕާކާ އިންވެގެން އޮތް ސަރަހައްދުތަކުގައި ކުރަން ހުރި މަސައްކަތްތައް އަމިއްލަ ހަރަދުގައި ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާކަމަށް މާލެ ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.
އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެ މަސައްކަތަށް އަގު ހުށަހެޅުމުގެ ސުންގަޑިއަކަށް ކަނޑައަޅާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިންނެވެ. އިއުލާނުގައިވާގޮތުން އެ މައްސައްކަތަށް އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުންޏާއި ޕާޓްނާޝިޕާއި ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
Mihaaru Muiz hunnaanee bayaku ves hoadhaafa