ޚަބަރުސިޔާސީ

ފުއްގިރި މައްސަލައިގެ ހެކިތަކާ ގުޅިގެން ނިންމި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަނީ

ފުއްގިރި މައްސަލައިގެ ހެކިތަކާ ގުޅިގެން ނިންމި ނިންމުންތައް ސުޕްރީމްކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމައިފިއެވެ.

ރައީސް ޔާމީނުގެ މައްޗަށް އެ މައްސަލައާ ގުޅިގެން އުފުލާފައިވާ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒިޔަތު ހިމެނޭއިރު، ދައުލަތުން ކުރި ގިނަ ޝަފަހީ ހެކިތައް ބަލައިނުގަތުމަށް ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވެއެވެ. އަދި ތަހުގީގީ ބަޔާންތަކާއި ލޮގްތަކެއްވެސް ހޯދަން އެމަނިކުފާނުގެ ވަކީލުންވަނީ ހުށަހަޅުއްވާފައެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީނުގެ ފަރާތްޕުޅުން ނިންމެވި ނިންމެވުންތައް ބަލައިނުގަނެފައިވާތީ، އެ މައްސަލަ އެމަނިކުފާނުގެ ފަރާތުންވަނީ ހައިކޯޓަށް ހުށަހަޅުއްވާފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ނިންމުން ދަމަހައްޓަން ހައިކޯޓުން ނިންމަވާފައިވާއިރު، ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ރައީސް ޔާމީނުގެ ވަކީލު އާދަމް ޝަމީމްވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް، ގާނޫނުން ލިބިދީފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

ކްރިމިލަން ކޯޓުން މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ތާރީހެއް ވިދާޅުވެފައިނުވިނަމަވެސް، ގާޒީ ވިދާޅުވީ ތާވަލު އެކުލަވާލައި ހަސްމުންނާ ހިއްސާ ކުރައްވާނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button