ޚަބަރުސިޔާސީ

ޔޫއެންގެ ސެކުއިރިޓީ ކައުންސިލަށް އިންޑިއާ ވައްދަން ދިވެހި ސަރުކާރުން މަސައްކަތް ކުރަނީ

ޔުނައިޓެޑް ނޭޝަންސް ޖަމިއްޔާގެ ދާއިމީނުވާ ނޭޝަނަލް ސެކިއުރިޓީ ކޮމިޓީގެ ގޮނޑިއަކަށް އިންޑިއާއިން ކުރިމަތިލުމުން ދިވެހި ސަރުކާރުން އެގައުމަށް ތާއީދު ކޮށްފިއެވެ.

އިންޑިއާއިން މިގޮނޑި ކާމިޔާބު ކޮށްފިނަމަ،، އެގައުމުގެ ދައުރު އޮންނާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެއީ2028 އިން2029 އެވެ.

ދިވެހި ސަރުކާރުން އިންޑިއާއަށް ގޮނޑި ހޯދަދިނުމަށް ތާއިދު ދިނުމުގެ ނިންމުން ނިންމާފައިވަނީ ޖަނަވަރީ 18-19 ވަނަ ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ދރ. ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެވަޑައިގައް ދަތުރުގައެވެ.

ދިވެހި ސަރުކާޜުން ބުނެފައިވަނީ އިންޑިއާއަކީ ސަރުކާރާގެ ވަރަށް ގާތް އެކުވެރިއެއް ކަމާއި އަދި ރާއްޖެއާއި އިންޑިއާ ވަނީ ވަރަށް ބޮޑަށް ގުޅިފަކަމަށެވެ.

އިންޑިއާއިން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން ސަރުކާރުން ވަނީ އިންޑިއާއާއި ގޮތް ނޭނގޭ އެތައް ބައިވަރު އެގްރީމެންޓެއްގެ ސޮއި ކޮށްފައެ.ވެ އަދި ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ ސީދާ ރައީސް ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އޯޑަރަށް ކަމަށް އާންމުން ދަނީ ބުނަމުންނެވެ.

ކުރީގެ ސަރުކާރު ވެރިކަން ނިމެން ގާތްވި ދުވަސްކޮޅުވެސް އެމްޑީޕީއާއި އިންޑިއާގެ ބީޖޭޕީ ސަރުކާރާއި ގާތް ގުޅުމެތް އޮތްކަމަށް އެމްޑީޕީގެ އިސް ފަރާތްތައް ދިޔައީ ދައްކަމުންނެވެ. އަދި އިންޑިއާގެ ޓީވީ ޗެނެލްތަކަށް އެމްޑީޕީގެ އިސް ފަރާތްތަކުން އަރައި އިންޑިއާ ސިފައިން ރާއްޖެ ގެނެވުމައް ގޮވާލާފައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button