
މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތައާރަފްކުރި ސިއްހީ އިންޝުއަރެންސް ނިޒާމް ކަމުގައިވާ އާސަންދައިގެ ދަށުން ހިލޭ ބޭސްފަރުވާ ކުރުމުގެ މަސައްކަތް ތައާރަފް ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް އެމަނިކުފާނު އަދި އަމިއްލަފުޅަށް ވިދާޅުވާނެ ކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އީވާ އަބްދު ވިދާޅުވެއްޖެއެވެ.
ލޯކަލް ޓުއަރިޒަމް ފެށުމުގައި ރައީސް ނަޝީދުގެ ދައުރެއް ނެތްކަމަށާއި ގެސްޓްހައުސް ވިޔަފާރިވެސް ފެށީ ޑީއާރުޕީއިން ކަމަށް ރައީސް ސޯލިހު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުން އީވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާސަންދައިގެ ހިދުމަތަކީވެސް އެމަނިކުފާނު އަމިއްލަފުޅަށް ފެއްޓެވި މަސައްކަތަކަށް އަދި ހައްދަވާނެ ކަމުގައެވެ.
އާސަންދަ ދިނީ ތިމަންނާއޭ ވެސް އަދި ބުނާނެ. pic.twitter.com/ozggINMoXB
— Eva Abdulla 🎈❓ (@evattey) January 23, 2023
މިފަހަކަށް އައިސް ރައީސް ސޯލިހު އަންނަނީ ކުރީގެ ރައީސުންގެ ވެރިކަމުގައި ފަށާފައިވާ ގިނަ މަޝްރޫއުތަކާއި ހިދުމަތްތަކަކީ އެމަނިކުފާނުގެ އަމިއްލަފުޅު މަސައްކަތްތަކެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.