އިދިކޮޅު ޕީޕީއެމްގެ ދާއިރާތަކަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފިއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ގައި ބުނެފައިވަނީ އިދާރީ ދާއިރާތަކުގެ ރައީސުންނާއި, ނައިބު ރައީސުންގެ އިތުރުން، ޒުވާނުންގެ ރައީސާއި، އަންހެނުންގެ ރައީސްކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަވީރު 4 ގެ ނިޔަލަށް އޮތް އޮތުން 08 ސެޕްޓެމްބަރު 2022ގެ 16:00 އަށް އިތުރު ކުރެވިފައިވާ ކަމުގައެވެ.
ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކަށް ވަރަށް ގިނަ މެންބަރުންގެ ތަރުހީބު ލިބެމުން އަންނަ ކަމަށާއި، އެތެރޭގެ އިންތިހާބު ތަކުން ވާދަވެރިކަން ފެނުމަކީ ކުރިއެރުމެއްކަމަށް ވެސް މި ޕްރެސް ކޮންފަރެންސްގައި ބުނެފައި ވެއެވެ.
ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން އޮންނާނީ 05 ނޮވެންބަރުގައި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.