ޚަބަރު
ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރަނީ
ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރާ ޕްރޮގްރާމެއް ފެށުމަށް ޔޫތު މިނިސްޓްރީން މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙްމަދު މުނާޒެވެ. އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗެއާޕާސަން ޢަލީ ރިޝްވާނެވެ.
މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.