އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ވާދަކުރައްވާ މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ ޕްރައިމަރީ ކެމްޕެއިން ވަރަށް ފޯރީގައި ކުރިއަށް ދާކަމަށް ވައްޑެގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.
”ބޮންތި“ ނޫހަށް މައުލޫމާތު ދެއްވަމުން ވައްޑެގެ ކެމްޕެއިން ޓީމުން ބުނީ ދާއިރާގެ މަޖިލިސް މެންބަރަކަށް ވައްޑެ އިންތިހާބު ކުރަން ނިންމީ އޭނާއަކީ އެދާއިރާގެ މެންބަރު ކަމުގައި މީގެ ކުރިން ހުންނެވި ދުވަސްވަރު އެދާއިރާގެ ރައްޔިތުންނަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ގައުމީ ދަރިއަކަށް ވާތީ ކަމުގައެވެ.
”ވައްޑެގެ ގާނޫނީ އެހީތެރިކަމާއި، ދާއިރާގެ ތަރައްގީއާއި، ކުރިއެރުމުގައި އެބޭފުޅާގެ ދައުރަކީ މިދާއިރާގެ ރައްޔިތުން އަސްލު ފަހުރުވެރިވާ ބޭފުޅެއް.“ ކެމްޕެއިން ޓީމުން ބުންޏެވެ.
ވައްޑެގެ މެންބަރުކަމުގައި ތުލުސްދޫ ދާއިރާގައި ސަރުކާރުން ހިންގި ހުރިހާ މަޝްރޫއެއްގައިވެސް ވަނީ އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ. ހާއްސަކޮށް ސަރުކާރުގެ ބަޖެޓުގެ ތެރެއަށް އެދާއިރާގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސެވުމެވެ އެންމެ އިސް ދައުރެއް އަދާ ކުރެއްވީވެސް ވައްޑެއެވެ.
Rayyithunnah kameh kohdhin meeheh noon thykee.. hovuneema phone nunagaan filaigen ulhun meeheh..
ދާއިރާގެ ރައްޔަތުންނައް ފިލާގެން އުޅުނު ބަޣާވައިތް ކުރި ލޯވަޅު one day