ޚަބަރުސިޔާސީ

ކޫކު ހޮވަން މައްޗަންގޮޅި 3 ދާއިރާ ގުޅިގެން އަވަށު ރޫހުގައި ނިކުމެއްޖެ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު އަބްދުލް ގާދިރު (ކޫކު) އެދާއިރާއަށް ހޮވަން މައްޗަންގޮޅި 3 ދާއިރާ ގުޅިގެން މަސައްކަތް ކުރަން ނިންމައިފިއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި މައްޗަންގޮޅި އަވަށުގެ މެޖޯރިޓީ ރައްޔިތުންގެ ތާއީދު ހޯއްދެވި، ޒަމާންވީ ކާމިޔާބީއެއް ހާސިލްކޮށްފައިވާ ގުޑްވިލް ކުންފުނީގެ މިހާރުގެ ޒުވާން މެނޭޖިންގ ޑިރެކްޓަރު ކޫކަށް ތާއީދުކޮށް އެ އަވަށުގެ ގިނަ ބަޔަކު ”ބޮންތި“ އަށް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

ކޫކުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ ޗެމްބަރެއް ގާއިމްކުރުން ކަމަށް ވާއިރު، މިއީ ދާއިރާގެ އޮފީސް ހިންގާ ވައްޓަފާޅި ބަދަކުކޮށްލާ ފުރަތަމަ ޗެމްބަރުކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ދާއިރާގެ ރައްޔިތުންނާ ގުޅުންހުރި ކޮންމެ ކަމެއްގައި ޗެމްބަރުގެ ބޭނުން ކޮންމެ މީހަކަށްވެސް ހިފޭނެއެވެ. ކޫކުގެ މެންބަރު ކަމުގެ ފުރަތަމަ ދުވަހުން ފެށިގެން، ދާއިރާގެ ރައްޔިތުންގެ ވާހަކަ ދެކެވޭ، ދަތިތައް ހިއްސާކުރެވޭ، މައްސަލަތައް ހައްލުކުރެވޭ ޕީޕަލްސް ޗެމްބަރ ވުޖޫދު ކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ.

ދެވަނަ ސިޔާސަތެއްގެ ގޮތުގައި ކޫކުގެ މެނިފެސްޓޯގައި އޮތީ ޒަމާނުއްސުރެން ދާއިރާގަައި އޮތް އެންމެ ބޮޑު މައްސަލަކަމުގައިވާ ހަނި، ދަތި، ކުޑަ ގޮޅިތަކުގެ ދިރިއުޅުމަށް ނިމުމެއް ގެނައުމެވެ. އެގޮތުން ސަރުކާރުގެ ބޯހިޔާވަހިމުގެ ސްކީމުގެ ތެރެއިންނާއި، ކޮންޓްރެކްޓާ ފައިނޭންސިންގ ގެ އިތުރު ފުރުސަތުތައް ބޭރުގެ އިންވެސްޓަރ ކްލަސްޓާތަކުން ހޯދިގެންދާނެއެވެ. އަދި ގެދޮރު އިމާރާތް ކުރުމުގައި ބޭނުންކުރާ ބާވަތްތައް ހެޔޮ އަގެއްގައި ބޭރުން ހޯދުމަށާއި، ޑިއުޓީ ނުވަތަ ޓެކްސްތައް މުރާޖާކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ކޫކު މަސައްކަތް ކުރައްވާނެއެވެ.

މި ސިޔާސަތުގެ ދަށުން ގެދޮރުވެރިކަން ފުރިހަމަކުރުމުގެ އައު ހިޔާލުތައް ހޯދުމަށް ދާއިރާގެ ރައްޔިތުންގެ ބައްދަލުވުންތައް ޕީޕަލްސް ޗެމްބަރުގައި އިންތިޒާމް ކުރެވިގެންދާނެއެވެ.

ކޫކުގެ ތިންވަނަ ސިޔާސަތެއްގެ ގޮތުގައި ފާހަގަވެފައި ހުރީ، މަސައްކަތަށް އަހުލުވެރި، ޖީބު ތަނަވަސް، ޒުވާން ޖީލެއް ބިނާ ކުރުމެވެ. އެގޮތުން ޒުވާނުންނަކީ ތަފާތު އެކި ކަހަލަ ކުދި މެދު ބޮޑު މަސައްކަތްތަކަށް ފަރިތަ ބަޔަކަށް ހެދުމަށް ތަމްރީން ޕްރޮގްރާމްތައް ކޫކުގެ މެންބަރުކަމުގައި ހިންގޭނެއެވެ.

ޖަމިއްޔާތަކައި ގުޅިގެން ”ކެޕާސިޓީ ބިލްޑިންގް“ ވޯރކްޝޮޕްތައް ހިންގުމާއި، ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ގުޅިގެން އިގްތިސާދީ ހަރަކާތްތައް އިތުރުކޮށް، ވިޔަފާރިތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިންވެސްޓްމަންޓް ޕްލޭންތައް ތައާރަފްކުރުމަކީ ކޫކުގެ މައިގަނޑު އަމާޒެވެ.

ހަތަރުވަނަ ސިޔާސަތެއްގެ ގޮތުގައި ފާހަގަވެފައިވަނީ ކުންފުނި އަދި މޯގޭޖް ބެންކްރަޕްސީއާއި އިންވެސްޓްމަންޓް ސެކިއުރިޓީ ގާނޫނެއް ޑްރާފްޓްކޮށް، މަޖިލީހަށް ބިލެއްގެ ގޮތުގައި ހުށަހަޅައި، އެ ބިލު ގާނޫނަކަށް ބަދަލުކޮގެން ރައްޔިތުންގެ ފައިސާއާއި މުދާ ސަލާމަތް ކުރާނެ ގޮތެވެ. އެގޮތުން އެފަދަ ބިލެއްގެ ޑްރާފްޓް ހެދިގެން އަންނާނީ އެކަމުގެ ތަކުލީފު އުފުލާފައިވާ ފަރާތްތަކާއި، ގާނޫނީ އެޖެންސީތަކާއި ފަންނީ މާހިރުންގެ ތަޖުރިބާއާއި ދިރާސާގެ މައްޗަށެވެ.

ކޮމިއުނިޓީ ކްރިއޭޓިވް ހަބެއް ދާއިރާގައި ގާއިމްކޮށް، އެދާއިރާގެ ޒުވާނުންގެ ފޯކަސް ހުރި ގޮތް ބަލައި، ހަބުގެ ތެރެއިން ޒުވާނުންނަށް އާމްދަނީ ހޯދޭނެ މަގުތައް ކޮށައިދިނުމަކީ ކޫކުގެ ފަސްވަނަ ސިޔާސަތެވެ.

އެގޮތުން ޑިވެލޮޕަރުންނާއި، ޑިޒައިނަރުންނާއި، ފަންނުވެރިންނާއި، ފަންނާނުންނާއި އެނޫންވެސް މުޅި ސިނާއަތަކީ ކާންބޯން ކުރާ މަސައްކަތެއްކަމާއި، އެކަމުގެ ހައްގު އުޖޫރު ލިބެންޖެހޭ ބައެއްކަން ގައުމީ ފެންވަރުގައި ކަނޑައެޅުމަކީ ކޫކުގެ ޓާގެޓެކެވެ.

ސަލާމަތްތެރިކަން ކަށަވަރު މުޖުތަމައެއް ދާއިރާގައި ގާއިމްކުރުމުގެ ގޮތުން، ދާއިރާގައި އިންދިރާސްވެފައިވާ އިމާރާތްތައް ފާހަގަކޮށް، އެތަނުގެ ”ޕެޑެސްޓްރިއަން ރިސްކް އެސްސްމެންޓް“ އެއް ހަދައި، ނުރައްކަލެއް ވާނަމަ އެކަން ދާއިރާގެ ރައްޔިތުންނަށް އާންމުކުރުމަކީ ކޫކު އެންމެ ހާއްސަ އަހައްމިޔަތުކަން ދެއްވާނެ ކަންތައްކަން އޭނާގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

ކޫކުގެ ކެމްޕެއިން މެނިފެސްޓޯ ސިފަވަނީ ކޮންމެ ގޭބިސީއަކަށް ކޮންމެ ދުވަހަކުވެސް އާމްދަނީއެއް ލިބޭނެ ފަހި ފުރުސަތުތަކެއް އެކި ދާއިރާތަކުން ނެރެވޭ ދިރާސީ އެކްޝަން ޕްލޭނެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button