ޚަބަރުސިޔާސީ

ކޫކު: މައްޗަންގޮޅި މެދު މަޖިލިސް ގޮނޑި ނަގަން ނިކުންނަނީ ރައްޔިތުންގެ ޗެމްބަރާއި، ވަރުގަދަ ތަސައްވުރަކާއެކު!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު އަބްދުލް ގާދިރު (ކޫކު) ގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ ޗެމްބަރެއް ގާއިމްކުރުން ކަން ހާމަކުރައްވައިފިއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ކޫކު ވިދާޅުވީ ދާއިރާގެ މެންބަރުކަމަށް އިންތިހާބުވެއްޖެނަމަ، ޕީޕަލްސް ޗެމްބަރގެ ނަމުގައި ރައްޔިތުންގެ ޗެމްބަރެއް އުފައްދަވާނެ ކަމުގައެވެ. އެކަމުގެ ސަބަބުން ދާއިރާގެ ރައްޔިތުންގެ ކޮންމެ ކަމެއްގައި ޗެމްބަރުން ހައްލު ހޯދިގެންދާނެކަން ކޫކު ފާހަގަކުރެއްވިއެވެ.

”އެއްވެސް ކަމެއް ނުވެގެން އަޅުގަނޑުގެ ދާއިރާގެ އެއްވެސް ރައްޔިތަކު ހުރެގެން ނުވާނެ. މިއީ ސަރުކާރާއި ރައްޔިތުންނާއި ދެމެދު ގުޅުވާލާ މައި ހަބު. ސަރުކާރުން ހިދުމަތް ހޯދަން ރައްޔިތުން ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެ.“ ކޫކު ވިދާޅުވިއެވެ.

ދާއިރާގެ ރައްޔިތުންނާ ގުޅުންހުރި ކޮންމެ ކަމެއްގައި ޗެމްބަރުގެ ބޭނުން ކޮންމެ މީހަކަށްވެސް ހިފޭނެކަމުގެ ޔަގީންކަން ކޫކު ދެއްވިއެެވެ. ކޫކުގެ މެންބަރު ކަމުގެ ފުރަތަމަ ދުވަހުން ފެށިގެން، ދާއިރާގެ ރައްޔިތުންގެ ވާހަކަ ދެކެވޭ، ދަތިތައް ހިއްސާކުރެވޭ، މައްސަލަތައް ހައްލުކުރެވޭ ޕީޕަލްސް ޗެމްބަރ ވުޖޫދު ކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ.

ދެވަނަ ސިޔާސަތެއްގެ ގޮތުގައި ކޫކު ފާހަގަކުރެއްވީ ޒަމާނުއްސުރެން ދާއިރާގަައި އޮތް އެންމެ ބޮޑު މައްސަލަކަމުގައިވާ ހަނި، ދަތި، ކުޑަ ގޮޅިތަކުގެ ދިރިއުޅުމަށް ނިމުމެއް ގެނައުމެވެ. އެގޮތުން ސަރުކާރުގެ ބޯހިޔާވަހިމުގެ ސްކީމުގެ ތެރެއިންނާއި، ކޮންޓްރެކްޓާ ފައިނޭންސިންގ ގެ އިތުރު ފުރުސަތުތައް ބޭރުގެ އިންވެސްޓަރ ކްލަސްޓާތަކުން ހޯދިގެންދާނެއެވެ. އަދި ގެދޮރު އިމާރާތް ކުރުމުގައި ބޭނުންކުރާ ބާވަތްތައް ހެޔޮ އަގެއްގައި ބޭރުން ހޯދުމަށާއި، ޑިއުޓީ ނުވަތަ ޓެކްސްތައް މުރާޖާކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެކަން ކޫކު ފާހަގަކުރެއްވިއެވެ.

”އަމިއްލަ ދާއިރާއަށް ނިސްބަތްވި ނަވެސް މުސާރައިގެ ބޮޑު ބައެއް ކުލީގެ ގޮތުގައި ހޭދަކުރަމުންދާ، އަސާސީ ގިނަ ކަންކަން ނުކުރެވޭ ގިނަ ރައްޔިތުން ދާއިރާގައި އުޅޭ. ދައުރު ނިންމާފަ އެނބުރި ގެއަށް ދާނީ އެ ރައްޔިތުންނަށް ހަމަނޭވާ ލެވޭވަރުގެ އުފާވެރި މާހައުލެއް ގާއިމްކޮށްދީފަ.“ ކޫކު ވިދާޅުވިއެވެ.

މި ސިޔާސަތުގެ ދަށުން ގެދޮރުވެރިކަން ފުރިހަމަކުރުމުގެ އައު ހިޔާލުތައް ހޯދުމަށް ދާއިރާގެ ރައްޔިތުންގެ ބައްދަލުވުންތައް ޕީޕަލްސް ޗެމްބަރުގައި އިންތިޒާމް ކުރެވިގެންދާނެއެވެ.

ކޫކުގެ ތިންވަނަ ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރެއްވީ، މަސައްކަތަށް އަހުލުވެރި، ޖީބު ތަނަވަސް، ޒުވާން ޖީލެއް ބިނާ ކުރުމެވެ. އެގޮތުން ޒުވާނުންނަކީ ތަފާތު އެކި ކަހަލަ ކުދި މެދު ބޮޑު މަސައްކަތްތަކަށް ފަރިތަ ބަޔަކަށް ހެދުމަށް ތަމްރީން ޕްރޮގްރާމްތައް ކޫކުގެ މެންބަރުކަމުގައި ހިންގޭނެއެވެ.

ޖަމިއްޔާތަކައި ގުޅިގެން ”ކެޕާސިޓީ ބިލްޑިންގް“ ވޯރކްޝޮޕްތައް ހިންގުމާއި، ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ގުޅިގެން އިގްތިސާދީ ހަރަކާތްތައް އިތުރުކޮށް، ވިޔަފާރިތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިންވެސްޓްމަންޓް ޕްލޭންތައް ތައާރަފްކުރުމަކީ ކޫކުގެ މައިގަނޑު އަމާޒެވެ.

 

”ތައުލީމީ ދިރާސާތަކުގެ މައްޗަށް ތަރުތީބުވެ، ތިލަވެގެން އަންނަ، މި ސިޔާސަތުގެ ދަށުން ޓެކްސްތައް ކަނޑާފައި ހޭދަކުރަން ނުވަތަ ރައްކާކުރަން އޮންނަ އާމްދަނީ، ނުވަތަ ޑިސްޕޯސެބަލް އިންކަމް ބޮޑުކުރުމުގެ މާސްޓަޕްލޭނެއް އެކުލެވި، އެކަމުގެ ނަތީޖާ ނެރޭނަން.“ ކޫކު ވިދާޅުވިއެވެ.

ހަތަރުވަނަ ސިޔާސަތެއްގެ ގޮތުގައި ކޫކު ވިދާޅުވެދެއްވީ ކުންފުނި އަދި މޯގޭޖް ބެންކްރަޕްސީއާއި އިންވެސްޓްމަންޓް ސެކިއުރިޓީ ގާނޫނެއް ޑްރާފްޓްކޮށް، މަޖިލީހަށް ބިލެއްގެ ގޮތުގައި ހުށަހަޅައި، އެ ބިލު ގާނޫނަކަށް ބަދަލުކޮގެން ރައްޔިތުންގެ ފައިސާއާއި މުދާ ސަލާމަތް ކުރާނެ ގޮތެވެ. އެގޮތުން އެފަދަ ބިލެއްގެ ޑްރާފްޓް ހެދިގެން އަންނާނީ އެކަމުގެ ތަކުލީފު އުފުލާފައިވާ ފަރާތްތަކާއި، ގާނޫނީ އެޖެންސީތަކާއި ފަންނީ މާހިރުންގެ ތަޖުރިބާއާއި ދިރާސާގެ މައްޗަށްކަން ކޫކު ފާހަގަކުރެއްވިއެވެ.

ކޮމިއުނިޓީ ކްރިއޭޓިވް ހަބެއް ދާއިރާގައި ގާއިމްކޮށް، އެދާއިރާގެ ޒުވާނުންގެ ފޯކަސް ހުރި ގޮތް ބަލައި، ހަބުގެ ތެރެއިން ޒުވާނުންނަށް އާމްދަނީ ހޯދޭނެ މަގުތައް ކޮށައިދިނުމަކީ ކޫކުގެ ފަސްވަނަ ސިޔާސަތެވެ.
”ޑިވެލޮޕަރުންނާއި، ޑިޒައިނަރުންނާއި، ފަންނުވެރިންނާއި، ފަންނާނުންނާއި އެނޫންވެސް މުޅި ސިނާއަތަކީ ކާންބޯން ކުރާ މަސައްކަތެއްކަމާއި، އެކަމުގެ ހައްގު އުޖޫރު ލިބެންޖެހޭ ބައެއްކަން ގައުމީ ފެންވަރުގައި ކަނޑައެޅުމަކީ ކޫކުގެ ޓާގެޓެކެވެ.

ސަލާމަތްތެރިކަން ކަށަވަރު މުޖުތަމައެއް ދާއިރާގައި ގާއިމްކުރުމުގެ ގޮތުން، ދާއިރާގައި އިންދިރާސްވެފައިވާ އިމާރާތްތައް ފާހަގަކޮށް، އެތަނުގެ ”ޕެޑެސްޓްރިއަން ރިސްކް އެސްސްމެންޓް“ އެއް ހަދައި، ނުރައްކަލެއް ވާނަމަ އެކަން ދާއިރާގެ ރައްޔިތުންނަށް އާންމުކުރުމަކީ ކޫކު އެންމެ ހާއްސަ އަހައްމިޔަތުކަން ދެއްވާނެ ކަންތައްކަން އޭނާ ފާހަގަކުރެއްވިއެވެ.

”ވައްކަމާއި މާރާމާރީގެ މައްސަލަތައް ސީރިޔަސް ނޯޓެއްގައި ނަގާނަން. އެ މައްސަލަތައް ބަލަން ވަރަށް ޕްރެޝަރ ކުރާނަން. މިއީ އެއްބައެއް. އަޅުގަނޑު ދެކޭގޮތުގައި މި ދާއިރާ އޮންނަންޖެހޭނީ އެއް އާއިލާއެއްގެ ގޮތުގައި.“ ކޫކު ވިދާޅުވިއެވެ.

”ބޮންތި“ އަށް ދެއްވި ހާއްސަ އިންޓަވިއު ކޫކު ނިންމަވައިލެއްވީ، މެންބަރު ކަމުގެ ފުރަަތަމަ އަހަރު، ދާއިރާ ތެރޭގައި އަމާންކަން ގާއިމްކުރުމަށް ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ ބޮޑު މަޝްރޫއެއް، ބަޖެޓުގައި ހިމަނުއްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button