ޚަބަރުސިޔާސީ

މަޖިލީހަކީ ވިޔަފާރީގެ ފައިދާ ބަހާ އުސޫލުން މުސާރަ ނަގަން އޮތް ތަނެއް ނޫން: އިއްބެ

ރައްޔިތުންގެ މަޖިލީހަކީ ވިޔަފާރީގެ ފައިދާ ބަހާ އުސޫލުން މުސާރަ ނަގަން އޮތް ތަނެއް ނޫން ކަމަށް އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީން މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާ ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބުރާހީމް މުހައްމަދު (އިއްބެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ މިހާރު އޮންނަ މަޖިލީހުން މެންބަރުންގެ މުސާރަ އަމިއްލައަށް ބޮޑު ކުރުމާ ގުޅިގެން އިއްބެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލިސް މެންބަރުންގެ މުސާރަ މިހާރުވެސް ބޮޑު ކަމުގައެވެ.

”އެއީ ރަށްޔިތުންގެ ފައިސާ. އެއީ ވިޔަފާރި ކުންފުންޏެއް ނޫން ފައިދާ ބަހާ އުސޫލުން މުސާރަ ނަގަން. މިއީ ރަށްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް. ޤާނޫނު ހެދުމަކީ ރަށްޔިތުން ފަޤީރު ކުރުން ކަމަށް އޮތް ސިޔާސަތު ނިމުމަކަށް ގެންނަންޖެހޭ“ އިއްބެ ވިދާޅުވިއެވެ.

މެންބަރުންގެ މުސާރަ ބޮޑު ކުރުމާ ގުޅިގެން ސުޕަރ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button