ޚަބަރުސިޔާސީ

ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ އާންމުކޮށްފި

މާޗު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމްޕީއެންސީ)ގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިމަހުގެ 27 ވަނަ ދުވަހު ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާ އާންމުކޮށްފިއެވެ.

ވަގުތީ ނަތީޖާ މިއަދު އާންމު ކޮށްފައިވަނީ ޕީއެންސީގެ ވެބްސައިޓުގައެވެ.
ކޮންގްރެސް ކޯލިޝަންގެ ފަރާތުން 86 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރަން ނިންމާފައިވާއިރު، ޕްރައިމަރީއަކާ ނުލައި،13 ކެންޑިޑޭޓަކަށް އެކޯލިޝަންގެ ޓިކެޓް ވަނީ ކަށަވަރުވެފައެވެ. އަދި ޖުމްލަ 283 ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަކުރެއްވިއިރު ޓިކެޓް ކުރިން ކަށަވަރުވި13 ދާއިރާ ނުލައި ބާކީ73 ދާއިރާގެ މެދުގައި ބޭއްވި އިންތިހާބުގައި71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު، ވޯޓުލާފައިވަނީ 62,759 މީހުންނެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހު ދިމާވަނީ ރަމަޟާން މަހުގެ7 ވަނަ ރޯދައަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button