ޚަބަރު

ޖަމްޢިއްޔަތުއްސަލަފުގެ ރިޙުލާ މިފަހަރު ރ.އަތޮޅުގައި

ދީނީ ހޭލުންތެރިކުރުމުގެ ޙަރަކާތްތަކުގެތެރެއިން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ހިންގާ އެންމެ ބޮޑު އެއް ޙަރަކާތްކަމުގައިވާ “ސަލަފްރިޙްލާ” މިފަހަރު ރ.އަތޮޅުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ދަޢުވާ ކޯޑިނޭޓަރު އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގައި ބޭއްވުމަށް ރާވާފައިވާ ‘ރިޙްލާ’ ގެ ދަތުރުގެ ތައްޔާރީތައް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށާއި ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން މެދުކެނޑުނު މި ދަތުރު މިއަހަރު އޮންނާނީ ރ.އަތޮޅުގައި ކަމުގައެވެ.

އޭނާ ވިދާޅުވީ ސަލަފްރިޙްލާ 2022 މި އަންނަ އޮކްޓޯބަރ މަހުގެ 6 ން 9 ށް ރ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔުމުގެ މަޝްވަރާތައް އެއަތޮޅު ކައުންސިލާއި ރަށްރަށުގެ މަދަނީ ޖަމްޢިއްޔާތަކާއި އެކު މިހާރު ވަނީ ފެށިފައި ކަމުގައެވެ. އޮކްޓޯބަރ މަހުގެ ފުރަތަމަ ހަފްތާތެރޭގައި ރިޙްލާ ބޭއްވޭތޯ މަސައްކަތް ކުރަމުން ދާ ކަމަށާއި، މިހާރު ރަށްރަށުގެ ފޯކަލް ޕޮއިންޓްތަކާއި ރިޙްލާގައި ބައިވެރިވާނެ ޢިލްމުވެރިން ހަމަޖެހިފައިވާކަން މުޖުތަބާ ފާހަގަކުރެއްވިއެވެ.

”އަތޮޅުކައުންސިލުންވެސް މިކަމުގައި އެއްބާރުލުންދެއްވާގޮތަށް އޮތީ. އުންމީދަކީ އަޅުގަނޑުމެން ކަނޑައަޅާފައިވާ ތާރިޚުގައި މި ރިހްލާ ކުރިއަށްދިއުން” ޝައިޚް މުޖުތަބާ ވިދާޅުވިއެވެ.

ސަލަފު ރިޙްލާ އަކީ ދީނީ ޢިލްމުވެރިންނާއި ރާއްޖޭގެ ފާހަގަކުރެވޭ ޑޮކްޓަރުންނާއި އަދި އެކިއެކި ފަންނުތަކުގެ ތަޖުރިބާކާރު މާހިރުން ބައިވެރިވެގެން މުޅި އަތޮޅަށް ހުޅުވާލެވިގެން ބާއްވަމުން އަންނަ ދިނީ، ސީއްޙީ އަދި އިޖްތިމާޢީ ހޭލުންތެރިކަމުގެ ޕްރޮގްރާމެކެވެ. 2009 ވަނަ އަހަރު ފެށި މި ޕްރޮގްރާމު މިހާތަނަށް ރާއްޖޭގެ ފަސް އަތޮޅެއްގައިވަނީ ކުރިއަށް ގެންގޮސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button