
އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރު އަބްދުﷲ ރަޝީދު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުފެއްދެވި ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ސޮއި ކޮށްފިއެވެ.
އެމްޓީޑީ އިން ބުނިގޮތުގައި އަބްދުﷲ އެ ޕާޓީއާއި ގުޅުނީ މިރޭ 22:00 އާއި 23:00 އާއި ދެމެދުގެ ވަގުތެއްގައެވެ. އަދި އޭނާ ސޮއި ކުރުމާގުޅިގެން އެ ޕާޓީ އިން ކުރި ޓުވީޓެއްގައި ބުނީ އަބްދުﷲ އެމްޓީޑީ އާއި ގުޅުނީ 150 މެމްބަރުންގެ ފޯމާ އެކުގައި ކަމުގައެވެ.
PNC ge Council Member Abdulla Rasheed (Coach Allo) vanee 150 membarunge forms aai ekee
MTD ah Mirey Soe koffa !
Coach Allo vanee Raees Yameen ge Sarukaaruge Deputy Commissioner of Sports ge magaamu adhaakohfai!#AaHiyaalu pic.twitter.com/GZojS9kR9K
— Maldives Third-Way Democrats (@MTDSecretariat) June 1, 2022
އަބްދުﷲ އަކީ އިދިިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވުޖޫދު ކުރި ކުޅިވަރު ގާނޫނުގެ ދަށުން އުފެއްދި ސްޕޯޓްސް ކޮމިޝަނަރ އޮފީހުގެ ނައިބެވެ. އޭނާ އަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިންގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ފާތިމަތު އިބްރާހީމް ހިންގެވި ކެމްޕެއިން އޮފީހުގައި އިސްކޮށް މަސައްކަތް ކުރި މެންބަރެކެވެ.
މެދުކެނޑުމަކަށްފަހު އަނެއްކާވެސް އެމްޓީޑީގެ މެމްބަޝިޕް މަސައްކަތް ފަށާފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއް ކަހަލަ ގޮތަކަށް އަންނަނީ މެންބަރުން އެ ޕާޓީތަކަށް ވެއްދުމުގެ މަސައްކަތް ކުރަމުންނެވެ.