ޚަބަރު

ސްޓެލްކޯއިން ފެނުގެ ހިދުމަތްދޭ ރަށްރަށުން ނަގާ 30 ރުފިޔާގެ ޗާޖު އުވާލައިފި

ސްޓެލްކޯއިން ފެނުގެ ހިދުމަތް ދެމުން އަންނަ ރަށްތަކުން ނަގަމުން އަންނަ 30 ރުފިޔާގެ ޗާޖު އުވާލަން އެކުންފުނިން ނިންމައިފިއެވެ.

އަންނަ މަހުން ފެށިގެން އެ ފައިސާ ނެގުން ހުއްޓާލައްވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވަނީ ވިދާޅުވެފައެވެ.

އެކްސްގައި ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ އަޑު އައްސަވައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ފަހިކޮށްދެއްވުމަށް ގަދައަޅައި މަސައްކަތް ކުރައްވާ ހިދުމަތްތެރިއެއް ކަމުގައެވެ.

”ރައްޔިތުންގެ ލާބައަށް ރައީސް މި ނިންމެވި ނިންމުން އަޅުގަނޑުމެން ތަންފީޒުކުރާނީ އުފަލާއި އިހުލާސްތެރިކަމާއެކު“ ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯ އިން ފެނުގެ ހިދުމަތްދޭ ރަށްތައް:

ކ. ގުރައިދޫ

ކ. ގުޅި

އއ. އުކުޅަސް

އއ. ރަސްދޫ

އއ. ތޮއްޑޫ

އއ. މަތިވެރި

އދ. މަހިބަދޫ

އދ. ހަންޏާމީދޫ

އދ. މަންދޫ

މިއިން ކޮންމެ ރަށެއްގެ ކޮންމެ ގޭބިސީއެއްގައި ބަހައްޓާފައި ހުންނަ ފެން މީޓަރުން ކޮންމެ މަހަކު 30 ރުފިޔާ އަންނަނީ ނަގަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button