ޚަބަރު

ބ. ގޮއިދޫ ސިއްޚީ މަރުކަޒުގައި ބޮޑު ނަރުކެނޑިއަކުން ސާޖަރީއެއް ހަދައިފި

މީހެއްގެ ބޮލަށް ހެރިފައި އިން ބުޅިއެއް ނެގުމަށް ބ. ގޮއިދޫ ސިއްޚީ މަރުކަޒުގައި ސާޖަރީ ހެދުމަށް ބޮޑު ނަރުކެނޑިއެއް ބޭނުންކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ސިއްހީ ދާއިރާއަށް އަމާޒުވެއްޖެއެވެ.

ސިއްހީ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ކަމަށް ބުނެ މީސްމީޑިއާގައި އާއްމުކޮށްފައި ވާ ވީޑިއޯއަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

އެ ވީޑިއޯ އިން ފެންނަނީ މީހަކު އޭނާގެ ކޮނޑަށް ބޮޑު ނަރުކެނޑިއެއް ލައިގެން ހޮސްޕިޓަލެއްގެ ފަރުވާދޭ ކޮޓަރިއަށް ވަންނަތަނެވެ. ބ. ގޮއިދޫ ސިއްޚީ މަރުކަޒުގެ އެކޮޓަރީގައި އެނދުގައި ބާއްވާފައި އޮތް މީހާގެ ބޮލަށް ވަދެފައިވާ ބުޅި ފެންނަން އިނދެއެވެ. އެ ބުޅީގެ އެއްބައި ބޮލަށް ވަދެފައިފައިވާއިރު، ބުޅީގެކޮޅު އިނީ ބޭރަށް ނުކުމެފައެވެ.

އޭނާގެ ބޮލުން އެ ބުޅި ނެރުމަށް ނަރުހުންނާއި އެކު ބިދޭސީ ޑޮކްޓަރެއް މަސައްކަތް ކުރަމުންދިޔަކަން ވީޑިއޯއިން އިވޭ އަޑުތަކުން ސާފުވެއެވެ. އެ މަސައްކަތުގެ ތެރެއިން ދެން ފެނިގެން ދިޔައީ ބޮޑު ނަރުކެނޑިއެއް ހިފައިގެން މީހަކު އައިސް އެތަނަށް ވަންނަ މަންޒަރެވެ. އެ މީހާ އެތަނަށް ވަދެ، އެ މަސައްކަތުގައި ބައިވެރިވެއެވެ. އެގޮތުން ނަރުކެނޑިން ބުޅި ނަގަން ފެށުމުގެ ކުރިން އެ ސާފުކުރުމަށްފަހު ބުޅި ނެގޭގޮތަށް ބުޅި ހެރިފައި އިން ހިސާބުން ޖާގަ ހަދާލުމަށްފަހު، ބުޅީގެ ކޮޅުން ބުރިކޮށްލުމަށްފަހު ވަރަށް ފަސޭހަކަމާއި އެކު ބުޅި ނަގާތަށް ފެނެއެވެ.

މި ވީޑިއޯއަށް ކޮމެންޓްކުރި ބައެއް މީހުން ބުނީ މިއީ ދިވެހި ރާއްޖޭގައި މިހާރު އާންމުކޮށް ކޮށްއުޅޭ ކަމެއްނަމަ ވަޞީލަތްތައް ނެތި ހޮސްޕިޓަލްތައް އެޅުމަށް ބޭކާރު ފައިސާ ޚަރަދުކުރުމުގެ ބޭނުމެއް ނެތްކަމަށެވެ.

އަދި އަނެއްބައި ފަރާތްތަކުން ބުނީ ރާއްޖޭގެ ސިއްޚީ ނިޒާމް ފެއިލްވެފައިވާ ކަމަށާއި، މިަކަމަށް އެކަނި ބަލާލުމުންވެސް ރައީސް އިބްރާހީމަށް ބޮޑުތަނުން ނޫނެކޭބުނުން ކޮންމެ ދިވެހި ރައްޔިތަކަށް ވާޖިބުވެއްޖެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button