
ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އަށް ތާއީދު ހޯދުމަށް އިއްޔެ ވިލިމާލޭގައި ކުރިއަށްދިޔަ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގައި އެޕާޓީގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި މާލެ ސިޓީ ކައުންސިލްގެ ޕީޕީއެމް އަށް ނިސްބަތްވާ ކައުންސިލަރުން ބައިވެރިވެއްޖެއެވެ.
މިހަރާކާތުގައި މާލޭ ސިޓީގެ ޕީޕީއެމް ކައުންސިލަރުންނާއި، ފާތުންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ވަނީ ބައިވެރިވެފައެވެ.
https://twitter.com/mariyamshiyaana/status/1522982059114868738?s=20&t=8hwqFgmt8MWYRatfxl010g
މި ކެމްޕެއިންގައި އިއްޔެ ވަނީ ވިލިމާލޭގެ ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ރައްޔިތުންގެ އަޑު ގާތުން އަހާފައެވެ.
ވިލިމާލޭ WDC ޕީޕީއެމް ކެނޑިޑޭޓް ފާޠިމަތު ނާޡިމާ ގެ ކެމްޕޭންގައި ޕާޓީގެ ނައިބް ރައީސް @MMuizzu އަދި މާލެ ސިޓީގެ ކައުންސިލަރުން #Vote1 ✅#VoteRukah #VotePPM #VoteFathun#MeeMageyRaajje pic.twitter.com/LItQnlk1ER
— Mayor Muizzu (@MuizzuMayor) May 7, 2022
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ.