ކަވާސާގެ ޝޯވްތައް އެނބުރި ކްލަބްހައުސް އަށް، މިރޭ ޝިއުޒު!

ދިވެހި މިއުޒިޝަނުންގެ މެދުގައި މަގުބޫލު ކްލަބްހައުސް ކްލަބެއް ކަމަށްވާ ކަވާސާގެ 26 ވަނަ ގިގުގައި މިރޭ މަޝްހޫރު މިއުޒިޝަން މުހައްމަދު ޝިއުޒު ލަވަ ހުށަހަޅައިދޭގޮތަށް ހަމަޖެހިއްޖެއެވެ.
މިއުޒިޝަނުން މާލީގޮތުން ބާރުވެރިކުރުވުމަށް ވިޔަފާރި އުސޫލުން ކުރިޔަށް ގެންދާ ކަވާސާ ގިގު ނައިޓުގެ މިރޭގެ ޝޯވް ކްލަބްހައުސްގައި ފަށާނީ 23:00 ގައެވެ.
ޓަސް އާއި ޑިންބާ މިއުޒިކާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި ދިވެހި އަމިއްލަ ހިތްގައިމު ލަވަތަކެއް އުފެއްދި ޝިއުޒު ކޮމާޝަލް އާޓިސްޓެއްގެ ގޮތުގައި ޕާފޯމް ކުރަމުން އަންނަތާ 20 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ.
ކަވާސާއިން ރޯދަމަހަށް ބްރޭކެއް ނެގި އިރު، 25 ޝޯވް ކްލަބްހައުސް މެދުވެރިކޮށް އެހުންތެރިންނަށް ގެނެސްދީފައިވެއެވެ. އެ ކްލަބުން ބުނާގޮތުގައި ކުރިޔަށް ހުރި ޝޯވްތަކުގައި ހުނަރުވެރި އެތަކެއް މިއުޒިޝަނުން ފެނިގެން ދާނެއެވެ.