ޚަބަރުސިޔާސީ

ގާއިމްކުރާނީ ބަދަލު ހިފުމާއި، އަނިޔާވެރިކަން ތާއަބަދަށް ނިމުމަކަށް ގެންނާނެ ސަރުކާރެއް: މުއިއްޒު

ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ޕީއެންސީއަށް ކާމިޔާބުވެއްޖެނަމަ، ގާއިމްކުރައްވާނީ ބަދަލުހިފުމާއި، އަނިޔާވެރިކަން ތާއަބަދަށް ނިމުމަކަށް ގެންނާނެ ސަރުކާރެއް ކަމުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހީންގެ ޖަގަހަ ހުޅުވައިދެއްވައި މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނަވާތާ 1000 ދުވަސް ހަމަވާން ކައިރިވެއްޖެ ކަމަށާއި، މިސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފި ކަން އެކަމުންވެސް ދޭހަވާ ކަމުގައެވެ. އަނިޔާވެރިކަމަށް ނޫނެކޭ ބުނަންޖެހޭކަން ފާހަފަކުރައްވައި މުއިއްޒު ވިދާޅުވީ، ދިވެހި ގައުމަށް ބޭނުންވަނީ އަނިޔާވެރިކަމަށް ނޫނެކޭ ބުނާ ސަރުކާރެއް ކަމުގައެވެ.

”އަޅުގަނޑުމެން ގާއިމްކުރާނީ އަނިޔާވެރިކަމަށް ތާއަބަދަށް ނޫނެކޭ ބުނާނެ ސަރުކާރެއް. ބަދަލު ހިފުމުގެ ރޫހަށް ތާއަބަދަށް ނޫނެކޭ ބުނާނެ ސަރުކާރެއް. އަދުލު އިންސާފު އޭގެ ފުރިހަމަ މާނައިގަ އެބަޖެހޭ ގާއިމްކުރަން. ވަކި އަތަކަށް ބުރަވުމަކީ އިންސާފެއް ނޫން.“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ފާހަގަކުރެއްވިގޮތުގައި ޝަރުއީ ދާއިރާގެ އިތުރުންވެސް ރައްޔިތުންގެ މެދުގައި އަދުލުވެރިކަމާއި، ހަމަހަމަކަން ގާއިމްކުރާނެ ސަރުކާރެއްގެ ބޭނުންވަނީ ޖެހިފައެވެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button