ޚަބަރުސިޔާސީ

ސްޓޭޓް މިނިސްޓަރެއްގެ އިތުރުން ތިން ޑިރެކްޓަރުންނަށް ކޮރަޕްޝަންގެ ދައުވާ އުފުލުމަށް ޕީޖީއަށް ފޮނުވައިފި

 

ހެލްތުގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދުގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރުންތަކަކަށް ދައުވާކުރުމަށް އެދި، އިއްޔެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

ގދ. ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތައް ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދެވަނައަށް މާކްސް ލިބުނު ކުންފުންޏާއި މަސައްކަތް ހަވާލުކުރި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ، ހެލްތުގެ މިހާރު ސްޓޭޓް މިނިސްޓަރު އާއިޝަތު ރަޝީދާއި ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު އައިމިނަތު ޝިހާމާގެ އިތުރުން މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ހުދޫދާ ވަހީދު ގެ މައްޗަށެވެ.

އޭސީސީގެ ތަހުގީގުން ހާމަވާ ގޮތުގައި ނޭޝަނަލް ޑްރަގް އެޖެންސީގެ އިވެލުއޭޝަނުން މަތިން މާކްސް ލިބުނު ކުންފުނީގެ ބަދަލުގައި މަސައްކަތް ހަވާލުކޮށްފައިވަނީ ދެވަނައަށް މާކްސް ލިބުނު ކުންފުންޏާއެވެ. ދެވަނައަށް މަތިން މާކްސް ލިބުނު ފަރާތުންވަނީ އެއްވަނައަށް ދިޔަ ފަރާތަށްވުރެ  657,846.60ރ. ބޮޑު އަގެއް ހުށަހަޅާފައެވެ.  އަދި މި ނިންމުން ނިންމާފައިވަނީ ދައުވާކުރަން ފޮނުވި ތިން ބޭފުޅުން ހިމެނިވަޑައިގަންނަވާ ބިޑު ކޮމިޓީއިންނެވެ.

އެގޮތުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމާއި އަދި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ މިތިން ފަރާތައް އުފުލައިދިނުމަށް ޕީޖީގައި އޭސީީސީއިން  އެދިފައިވެއެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button