މުނިފޫހިފިލުވުން
ކަވާސާގެ 24 ވަނަ ގިގު މިރޭ ކްލަބްހައުސްގައި!

ކަވާސާގެ 24 ވަނަ ވާޗުއަލް ލައިވް އޯޑިއޯ ގިގު މިރޭ ކްލަބްހައުސްގައި ބާއްވަން ނިންމައިފިއެވެ.
ދިވެހި މިއުޒިޝަނުންގެ އަގު ވަޒަންކޮށް، މާލީގޮތުން ފަންނާނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރާ ކްލަބެއް ކަމަށްވާ ކަވާސާގެ މިރޭގެ ޝޯވް ފެށޭނީ 23:00 ގައެވެ.
މިރޭގެ ޝޯވް ހުށަހަޅައިދޭނީ ޒުވާން އާޓިސްޓު ހުސްނީ އެވެ.
ކަވާސާއިން ބުނިގޮތުގައި މިރޭގެ ޝޯވްގައި ހުސްނީގެ ތަފާތު ޕާފޯމެންސެއް އަޑުއިވިގެންދާނެ އެވެ.
މިރޭގެ ޝޯވް ސްޕޮންސަރ ކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ ޗެފް މޯޑު ބަދިގެ އިންނެވެ.
މިއުޒިޝަނުން މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން ކަވާސާއިން ކުރި މަސައްކަތުން މިހާތަނަށް 35 ވަރަކަށް އާޓިސްޓުންނަށް އެ ކްލަބުން ވަނީ އެކަށީގެންވާ އާމްދަނީއެއް ހޯދައިދީފައެވެ.