ޚަބަރު
މާލޭގެ އެކި ސަރަހައްދުތަކުން 195 ޕެލެޓް ނަގައިފި
މާލޭ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައި ހުރި 195 ޕެލެޓް މާލޭ ސިޓީ ކައުންސިލުން ނަގައިފިއެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ މާލޭގެ އެކި ސަރަޙައްދުގައި ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި 195 ޕެލެޓް މިއަދު ނަގާފައިވާ ކަމަށެވެ.
މާލެ ސިޓީގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ބެހެއްޓިފައިވާ ޕެލެޓްތައް ނެގުމުގެ މަސައްކަތުގެ ތެރެއިން.
މާލެ ސިޓީގެ އެކި ސަރަޙައްދުތަކުން މިހާތަނަށް 195 ޕެލެޓް ވަނީ ނެގިފައި. pic.twitter.com/Q5QPoYyJ87— Male' City Council (@MaleCitymv) March 21, 2022
ކައުންސިލުން ޕެލެޓްތައް ނަގަން ފަށާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ ޕެލެޓްތައް ނެގުމަށް މާލެ ސިޓީ ކައުންސިލުން ދެ ފަހަރަށް ތާރީހު ދިނުމަށްފަހުއެވެ.