ޚަބަރުސިޔާސީ

މީޑިއާތަކަށް ދިނުމަށް ކަނޑައަޅާ ފައިސާ ކޮމިޓީ މަރުހަލާގައި ހުށަހަޅާނަން: ޑރ. މުއިއްޒު

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކޮންމެވެސް މިންވަރެއް މީޑިއާއަށް ޚާއްޞަކުރުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ފައިސާ ދިނުމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ސޯޝަލް ސެންޓަރުގައި މީޑިއާތަކުގެ ވެރިންނާއި ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިންގެ ޝަކުވާތަކާއި ޚިޔާލުތައް އަޑުއެއްސެވުމަށްފަހު އިންތިޚާބީ ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ނޫސްވެރިންނަަށް ބަޖެޓުން އިންސައްތައެއް ކަނޑައެޅުމަށް ބަޖެޓުގައި ނުހިމެނުނީ އެކަމާމެދު އެކަށީގެންވާ ގޮތަކަށް ނޫސްވެރިންނާ މަޝްވަރާކުރެއްވިފައި ނެތުމުން ކަމަށެވެ.

މީޑިއާތައް ހިންގުމަށް އޮފީސް ޖާގަ ދިނުމަށްޓަކައި މީޑިއާ ވިލެޖެއް މާލޭ ސަރަހައްދުގައި ބިނާ ކުރާނެ ކަމަށް ވެސް ޑރ.މުއިއްޒު ވިދާޅުވި އެވެ. އަދި އެ މަނިކުފާނުގެ ސަރުކާރުން އެއްވެސް އެއްޗެއް ސިއްރުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އިތުރަށް ޑރ.މުއިއްޒު ނޫސްވެރިންނަށް ދެއްވި ޔަގީންކަމަކީ އެމަނިކުފާނުގެ ސަރުކާރަކީ ހުޅުވާލެވިފައިވާ ދެފުށް ފެންނަ ސަރުކާރަކަށްވާނެ ކަމުގެ ޔަގީންކަމެވެ. އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އެމަނިކުފާނުގެ ވެރިކަމެއްގައި ފޮރުވާނެ ކަމެއް ނޯންނާނެ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button