ޚަބަރުސިޔާސީ

ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ހިމެނޭ ”ވައުދު ފޮތް“ މާދަމާ ލޯންޗުކުރަނީ!

އެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރިއަށްގެންދާނެ މަޝްރޫއުތަކާއި، އިންތިހާބުގެ ތެރެއިން ވީ ހުރިހާ ވައުދުތަކެއް ހިމެނޭ ”ވައުދު ފޮތް“ މާދަމާ ލޯންޗުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސް ވިދާޅުވީ ރިޔާސީ ޓިކެޓު ލިބުނު ހިސާބުން ފެށިގެން، އިންތިހާބުގެ ދެބުރު ވެސް ރަށްރަށަށް ކެމްޕެއިނަށް ގޮސް ދެއްކި ވާހަކަތައް ހާއްސަ ފޮތެއްގައި ނޯޓުކޮށްފައި ވާނެ ކަމަށާއި، ހުރިހާ ވައުދެއް ހިމެނޭ ފޮތެއް ނެރުއްވަނީ އެއްވެސް ކަމެއް ރައްޔިތުންނަށް ފޮރުވަން ބޭނުން ނުވާތީ އެވެ. އަދި އެ ވައުދުތަކަކީ އިހްލާސްތެރިކަމާއެކު ހިތުގެ އަޑިން، ކޮށްދިނުމުގެ ނިޔަތުގައި ވެފައިވާ ވައުދުތަކެއް ކަން ސާބިތުކޮށްދިނުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭ ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާއެކު ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އިންތިހާބީ ރައީސް ވަނީ ނޫސްވެރިންނާއި މެދު އެމަނިކުފާނު ވިސްނަވާ ވަރު ވެސް ސާބިތުކޮށްދެއްވާފއެވެ. އެގޮތުން މީޑިއާތަކަށް ފައިސާ ދެއްވާ މީޑިއާތައް ކުރިއަރުވަން ވަޢުދު ވެވަޑައިގެން ފުރަތަމަ ވެރިއަކީވެސް އެމަނިކުފާނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button