ޚަބަރުސިޔާސީ

އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް އަޅަން ސަރުކާރުން ނިންމައިފި

ދިވެހިރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް އަޅަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ އިސްވެރިން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ޓަކައި ކުރަން ނިންމާފައިވާ ކަންކަން ވަނީ ޗައިނާގެ އިންވެސްޓަރުންނަށް ކިޔާދެއްވާފައެވެ.

ރާއްޖޭގައި އިންވެސްޓު ކުރެވޭނެ 11 ދާއިރާއަކާއި ގުޅޭގޮތުން އެ ފޯރަމްގައި މައުލޫމާތު ދެއްވާފައިވެއެވެ. އެގޮތުން، ކާޑެއްދޫއާއި ތިނަދޫ ގުޅުވާލުމަށް އަޅާ ބްރިޖުގެ މަޝްރޫޢުއާއި، އައްޑޫގައި އަޅާ ބްރިޖުގެ މަޝްރޫއާއި، އިހަވަންދިއްޕޮޅު ތަރައްޤީކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާގެ އިތުރުން، ޓްރާންސްޕޯޓް ދާއިރާގެ މަޝްރޫތައް ހިމެނެއެވެ.

ރާއްޖޭގައި އަޅަން ނިންމާފައިވާ 15 ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ނިންމާފައިވާއިރު، އެ މަޝްރޫއަށް އިންވެސްޓުކުރަން ޝައުގުވެރިކަން ހުރި އިންވެސްޓަރުންނަށް ހުރި ފަހި ފުރުސަތުތަކާއި ގުޅޭގޮތުން އެ ފޯރަމްގައި ވަނީ މަޝްވަރާކޮށްފައެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް 16 ޑޮމެސްޓިކް އެއާޕޯޓު އެބައޮތެވެ. ނަމަވެސް، ސަރުކާރުން އަޅަން ނިންމާފައިވާ އިތުރު 15 ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ތަނެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button