މާލެގެ މޭޔާރ ޑރ މުހައްމަދު މުއިއްޒު އަލުން ގޭގެއަށް ޒިޔާރަތް ކުރައްވަން ފައްޓަވައިފިއެވެ.
ކޮވިޑްގެ ކޭސްތަށް އިތުރުވުމާ ގުޅިގެން ގޭގެއަށް ޒިޔާރަތް ކުރުން މެދުކަނޑާލުމަށްފަހު އަލުން ގޭގެއަށް ޒިޔާރަތް ކުރައްވަން ފެއްޓެވީ އިއްޔައެވެ.
މޭޔަރ އިއްޔަ ބައްދަލު ކުރެއްވީ މާފަންނު ހުޅަނގު އުތުރު ދާއިރާގެ ރައްޔިތުންނާއެވެ.
ރައްޔިތުންގެ ހާލަތު ގާތުން ބެއްލެވުމަށް ގޭގެއަށް ޒިޔާރަތް ކުރެއްވުމަކީ ކައުންސިލް އިންތިހާބުގައި މޭޔާރ މުއިއްޒު ވެވަޑައިގެންނެވި ވަޢުދެކެވެ.
މިއަދު މޭޔާރ ވަޑައިގަންނަވާނީ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ ގާތަށެެވެ.