
އައްޑޫ ސިޓީގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންގެ އެންމެ ބޮޑު އެދުމަކީ އެޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެެވެ.
ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ މެންބަރުންގެ އެންމެ ބޮޑު އެދުމަކީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުމާއެކު ރައީސް ނަޝީދަށް ދެރަގޮތެއް ވިޔަނުދިނުން ކަމަށެވެ.
ހަސަން ލަތީފް އިތުރަށް ވިދާޅުވީ ކެމްޕެއިން ދަތުރުން ލިބުނު އުފާވެރި ކަމަކީ އިންތިއާއެކު މި މަސައްކަތުގައި ފޫގަޅާފައި މެންބަރުން ތިބިކަން ކަށަވަރުވުން ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލްމަހުގެ 16ވަނަ ދުވަހުއެވެ.