އއ. ރަސްދޫ މިސްކިތެއް ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އިހުސާން ވިދާޅުވީ، އެ މައްސަލަ މިހާރު ފުލުހުން ބަލަން ފަށައިފި ކަމަށާއި، އެކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން މަސައްކަތްކުރަމުން ދާ ކަމުގައެވެ.
”މިފަދަކަންކަން މުޖުތަމައުގައި ހިންގާފަރާތްތަކާއިމެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަޤީންކުރާނަން.“ އިހުސާން ވިދާޅުވިއެވެ.
އަނިޔާކުރި މީހުން ދެނެގަނެވިފައިވާ ކަމަށާއި އަދި އެ ވީޑިއޯ ދައުރު ނުކުރަން ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.