ޚަބަރުސިޔާސީ

ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ބެލުމަށްފަހު ދޫކޮށްލަނީ

ޝަރީއަތް ނިމެންދެން ވަކި މުއްދަތެެއް ނެތް ގޮތަށް ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް ރަނގަޅަށް ބެލުމަށްފަހު އެމީހުން ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ވާނުވާ ނޭނގޭ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ ގުޅިގެން ބެލުމަށްފަހު ދޫކޮށްލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ.
މިނިސްޓަރު ވިދާޅުވި އޭގެ ތެރެއިން މީހުން މެރުމާއި ބޮޑެތި މާރާމާރީއާއި، ނިރުބަވެރިކަމުގެ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ފިޔަވައި އެހެނިހެން މައްސަލަތަކަށް ލުއި ދެވޭތޯ ބަލާއިރު،
ފުލުހުންގެ އެދުމުގެ މަތިން، ކޯޓު އަމުރެއް ކޮށްގެން ރިމާންޑު ކޮށްގެން ބޭތިއްބިފައި ތިބި މީހުން ކަމުގައިވިޔަސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހާއްސަ އެންގެވުމާ އެކު، އެމީހުންގެ މައްސަލަތައް ރިވިއުކުރަމުން ދާކަމުގައެވެ.+
”ވާނުވާ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ގާނޫނީ ބަދަލުތައް ގެނައުން.“ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
ވާނުވާ ބަންދު އުވާލާނެ ކަމަށް ރައީސް މުއިއްޒު ވަނީ ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު ވައުދުވެވަޑައިގެންފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button