ޚަބަރުސިޔާސީ

ކުނިން ހަކަތަ އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ފަންޑު ހޯދަނީ

ކ. ތިލަފުށީގައި ކުނި އަންދައިގެން ހަކަތަ އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންވަޔަރުމެންޓް މިނިސްޓަރ ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހަފްތާ-14 ގައި ހިމެނޭ މުހިންމު 3 ކަމަކާއި ބެހޭގޮތުން މައުލޫމާތުދެއްވުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާއި ބެހޭ ވުޒާރާގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތާރިގް ވިދާޅުވީ، ހަފްތާ 14 އާ އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން ގެންދާ ކަމުގައެވެ.

”އެކަން ކުރުމަށްޓަކައި ފަންޑު ހޯދަމުން މިދަނީ.“ ތާރިގު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ރާއްޖޭގައި ކުނި މެނޭޖުކުރާނެ ގޮތުގެ ގައުމީ ތާވަލެއް އާންމުކޮށްފައިވާކަން ފާހަގަކުރައްވައި ތާރިގް ވިދާޅުވީ ތިލަފުށީގައި ހުރި 500 ޓަނުގެ ކުނި އަންދާ އިންސިނިރޭޓަރުން އެދެވޭގޮތެއްގައި ކުނި ނައްތާލުމުގެ ކަންކަން ނުކުރެވޭކަމުގައެވެ. އެގޮތުން އެކަން އެންމެ ފުރިހަމައަށް ކުރުމަށް 1000 ޓަނުގެ ކުނި އަންދާ އިންސިނިރޭޓަރެއް ބޭނުންވާކަމަށް ތާރިގް ވިދާޅުވިއެވެ.

”އެ މަސައްކަތް ސަރުކާރުން އަޅުގަނޑުމެން މިދަނީ ކުރަމުން“ ތާރިގް ވިދާޅުވިއެވެ.

އަދި ވަޒީރު ތާރިޤް އިތުރަށް ވިދާޅުވީ، ރައްކާތެރިގޮތުގައި ކުނި ނައްތާލައި ހަކަތަ އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަޔް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button