ޚަބަރުސިޔާސީ

އެންޑީއޭގެ މުވައްޒަފުންތަކެއް ދޮގު ލިޔުން ވިއްކައިގެން މަނީ ލޯންޑާކުރި މައްސަލައެއް ބަލަނީ

މަސްތުވާތަކެެތީގެ ރިހިބިލިޓޭޝަން ފަރުވާ ފުރިހަމަކުރުމުން ދޭންޖެހޭ ފަރުވާގެ ލިޔުން ވިއްކައިގެން ފައިސާ ހޯދީ މަނީލޯންޑާ އުސޫލުން ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މުވައްޒަފުންތަކަކަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލު ނަސީނު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތު ކުރެވެނީ އެންޑީއޭގެ އިސްވެރިންތަކެއްގެ މައްޗަށް ކަމުގައެވެ. އެގޮތުން އިތުރު ބަޔަކާ ގުޅިގެން ފަރުވާއަށްފަހު ހަދަންޖެހޭ ލެބޯޓަރީ ޓެސްޓުތަކުގެ ނަތީޖާ އޮޅުވާލައިގެން ފަރުވާ ފުރިހަމަނުކުރާ މީހުން، ފަރުވާ ފުރިހަމަ ކުރިކަމަށް ހަދައިގެން ދޮގު ލިޔުންތަކެއް ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ލިޔުން ދޫކޮށް ފަރުވާ ފުރިހަމަނުކުރަނީސް ބައެއް މީހުން ދޫކޮށްލާފަ އެބަހުރި. އަނެއްކޮޅުން އެ ލިޔުންތައް ބޭނުންކޮށްގެން ފަރުވާ ފުރިހަމަކުރަންޖެހޭ މުއްދަތު ކުރުކޮށްދީފަވާކަންވެސް ފާހަގަކުރެވޭ. ތުހުމަތުވާ ދެ މީހަކު ދިރިއުޅޭ ތަންތަން ބަލާ ފާސްކުރެވިއްޖެ.

މާލޭގައި ހުރި އެންޑީއޭއިން ހިންގާ އިދާރާގެ އިތުރުން އެތަނުގެ އިލެކްޓްރޯނިކްސްއާއި އިތުރު ލިޔެކިޔުން ވެސް ފުލުހުންވަނީ ހޯދާފައެވެ. އަދި އެތަކެތި ދިރާސާކޮށް ތަހުގީގު ކުރުމަށްފަހު އެމައްސަލައިގެ އަދާހަމައެއް އަންނަ ހަފްތާގެ އާދީއްތަ ދުވަހު ނެރޭނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެންޑީއޭއަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ފާހަގަކޮށް ބޮޑު ޕެޓިޝަނެއްވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button