1.5 ބިލިއަން ރުފިޔާގެ ޓީބިލް ގަންނާނެ ފަރާތްތަކެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީއިން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނި ގޮތުގައި މި މަހުުގެ 13 ވަނަ ދުވަހު ހަތަރު މުއްދަތެއްގެ ޓީބިލް ވިއްކުމަށް ވަނީ ނިންމާފައެވެ.
ޓީބިލްގެ އަދަދާއި އިންޓަރެސްޓް ރޭޓްތައް
- 4 މިލިއަން ރުފިޔާގެ ޓީބިލް: %3.50 އިންޓަރެސްޓުގައި 28 ދުވަހުން (14 މާޗް 2022ގައި) ފައިސާ ދައްކަން ޖެހޭ
- 8 މިލިއަން ރުފިޔާގެ ޓީބިލް: %3.87 އިންޓަރެސްޓްގައި 98 ދުވަހުން (23 މޭ 2022ގައި) ފައިސާ ދައްކަން ޖެހޭ
- 205 މިލިއަން ރުފިޔާގެ ޓީބިލް: %4،23 އިންޓަރެސްޓްގައި 182 ދުވަސް (15 އޮގަސްޓް 2022ގައި) ފައިސާ ދައްކަން ޖެހޭ
- 3 މިލިއަން ރުފިޔާގެ ޓީބިލް: %4.60 އިންޓަރެސްޓްގައ ި364 ދުވަސް (13 ފެބުރުއަރ ީ2023ގައި) ފައިސާ ދައްކަން ޖެހޭ
ޓީބިލްތައް ގަންނަ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހު ސަރުކާރަށް ފައިސާ ދައްކަން ޖެހޭނެއެވެ.