ޚަބަރު

މާލޭ ސިޓީ ލޯކަލް އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި!

މާލޭ ސިޓީ ލޯކަލް އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ސިޓީ ކައުންސިލުގައި މަޝްވަރާ ކޮށްފިއެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލުގެ 04 ވަނަ ދައުރުގެ 38 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވަނީ ސިޓީ ކައުންސިލްގެ ކުންފުންނާ ހަވާލުކުރާނެ މަޝްރޫޢުތަކާއި އެ މަޝްރޫއުތަކުގެ ޕްލޭން އަދި ކުންފުނި އުފެއްދުމާއި ހަމައަށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ފާސްކޮށްފައެވެ.

މާލެ ސިޓީ ލޯކަލް ކޮމްޕެނީ އުފެދެންދެން ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓްގެ ނަމުގައި މާލެ ސިޓީ ލޯކަލް އޮތޯރިޓީ ކޮމްޕެނީގެ ބޯޑަށް އައްޔަންކޮށްފައިވާ މެންބަރުން ހިމެނޭގޮތަށް ޔުނިޓެއް އެކުލަވާލުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 27 ވަނަ ރަސްމީ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު އެވެ. އަދި ތާއީދު ކޮށްފައިވަނީ ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ އަލީ އެވެ. އެހެންކަމުން މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާގޮތަށް މާލޭގައި ހުރި ބައެއް ބިންތައް ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހުރި އަމާޒުތައް ހާސިލްކުރުމަށްޓަކައި އެކިއެކި ފައިނޭންޝިއަލް މޮޑެލްތައް ބޭނުންކޮށްގެން ޑިވެލޮޕަރސް ހޯދައިގެން ތަރައްޤީކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ވަނީ ފާސްވެފައެވެ.

ސިޓީ ކައުންސިލްގެ ކުންފުނި އުފެއްދުމާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ ޑރ.މުޢިއްޒު ވިދާޅުވީ ކައުންސިލްގެ މިދައުރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިމަނާފައިވާކަމަށެވެ.

އެގޮތުން އެ މަޝްރޫޢުތައް ހިންގުމަށްޓަކައި ބޮޑު އާމްދަނީއެއް ބޭނުންވާނެ ކަމަށާއި، އެފަދަ ކޮންމެ މަޝްރޫޢުއަކަށް ކައުންސިލްތަކަށް ބަޖެޓް ދިނުމަކީ ސަރުކާރަށްވެސް ފަސޭހަ ކަމަކަށް ނުވާއިރު، ކައުންސިލަށް ކުންފުނި އުފެއްދުމުގެ ހުއްދަ ދެއްވުމަކީ ސަރުކާރަށްވެސް އެންމެ ފަސޭހަ ވާނެގޮތް ކަމަށެވެ.

އެހެން ނަމަވެސް ކުންފުނި އުފެއްދުމަށްޓަކައި ބޭނުންވާ ހުއްދަ ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅިތާ 4 މަސްވެފައިވާއިރު، މި ކުންފުންޏާއި ބެހޭގޮތުން މިނިސްޓްރީއިން އެއްވެސް ކަހަލަ އިޝާރާތެއް ކުރައްވާފަ ނުވާކަމަށް މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ވިދާޅުވީ ކައުންސިލުން މިތިބީ ސަރުކާރާއި އެކު، ގައި ކަމަށާއި، ސަރުކާރަށް ފައިދާ ބޮޑުވާނީ ކައުންސިލުން އެދޭ ކަންކަމުގައި އެހީތެރިވެދީގެން ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button