ޚަބަރު

ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް އަވަސްކޮށްދިނުމަށް އެދުނިން: ޕީޖީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ލަސްވަމުންދާތީ އެކަން އަވަސްކޮށްދޭން އެދިފައިވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫހެއް ކަމުގައިވާ “މިހާރު” އަށް މައުލޫމާތު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލަ މިހާރު ހިންގާ ވަރަށް ވުރެން ސްޕީޑު އަވަސްކޮށް ހިންގޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މައްސަލަ އަވަސްކޮށްދޭން ކޯޓުގައި ސިޓީއަކުން، އެދިވަޑައިގަތީ އާއްމު މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.

”ޖިނާއީ ބޮޑު މައްސަލައެއް، އަދި ޕަބްލިކް އިންޓްރެސްޓް އޭގައި ބޮޑު. އެހެންވެ އަވަހަށް ހިންގައިދޭން އެދުނީ،“ ޝަމީމް ވިދާޅުވިއެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ދިން ހަމަލާއާ ގުޅިގެން ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މީގެތެރެއިން ހުކުމެއް އައީ ރިމޯޓް ކޮންޓްރޯލަކުން ބޮން ގޮއްވާލި އަދުހަމް އަހްމަދުގެ މައްޗަށް އެކަންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button