ޚަބަރު

މާލެ ސިޓީގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފެށިގެން ކުރިއަށްދަނީ

މާލެ ސިޓީގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމުގައި މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މުއިއްޒުގެ ހާއްސަ ވެބްސައިޓަށް މައުލޫމާތު ދެއްވުމުން މޭޔަރު ވިދާޅުވީ ކުރިޔަށް އޮތް ރޯދަމަހު މާލޭގެ މިސްކިތްތަކުގައި ހުރި އާބާތުރަ ފިލުވުމަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ނުކުރެވިފައިވާ ކަމުގައެވެ.

އެކަމަކު ކައުންސިލުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ނިންމާފައިވާ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

”މަސައްކަތް ކުރާނެ ޓީމުތައް ނަގައިގެން ވަރަށް ބާރު ސްޕީޑުގައި މިއަދު މަސައްކަތް ފަށައިފިން. ޝަހީދު އަލީ މިސްކިތުގެ ހަލާކުވެފަ އޮތް އައުޓް ޑޯ ޓައިލްސްތައް ނައްޓައި، ރަނގަޅު ކުރުމުގެ މަސައްކަތް މިއަދު ފެށިއްޖެ.“ މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިޔަށް ހުރި ދުވަސްތަކުގައި މިސްކިއްތަކުގެ ފަންކާ އާއި ލައިޓާއި، ސައުންޑް މައްސަލަ ޖެހިފައި ހުރި މިސްކިތްތަކުގެ މައްސަލަ ބަޖެޓު ތަން ދޭ މިންވަރަކުން ހައްލު ކުރާނެ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

”އަޅުގަނޑުމެން ނުބަލަން ސަރުކާރުން ދިން އެއް މިލިއަން ރުފިޔާއަށް އެކަނި. ރެވެނިއު ބަޖެޓުން ފައިސާ އެކަމަށް ބޭނުން ކުރާނެ.“ މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވިގޮތުގައި ރޯދައަށް ބައެއް މިސްކިތްތައް ނުނިމުނު ކަމުގައި ވިޔަސް ސިޓީ ކައުންސިލްގެ ޕެލޭނާ އެއްގޮތަށް ހުރިހާ މިސްކިތެއްގަ މައްސަލަ ހައްލު ކުރާނެއެވެ. އަދި ކުރިޔަށް އޮތް ދެމަސްދުވަހުގެ މަސައްކަތަކަށް އެކަނި ހެދުމުގެ ބަދަލުގައި ދާއިމީގޮތެއްގައި މިސްކިތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ސިޓީ ކައުންސިލްގެ އަމާޒު ކަމުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

މިސްކިއްތައް ރަނގަޅު ފެންވަރަކަށް ގެނައުމުގެ މަސައްކަތުގައި ވިޔަފާރިވެރިންގެ ދީލަތި އެހީތެރިކަން ބޭނުންވާ ކަމުގައި މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button