ޚަބަރު

ނުފޫޒު ނުފޯރުވޭނެހެން ގާނޫނު ބަދަލުކުރަން ޖެހޭ: އެމްއެންޕީ

މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ހާމަވި އެއް ކަމަކީ ނުފޫޒެއް ނެތި އިންތިހާބުތައް ބާއްވަން ހުރި ގޮންޖެހުންތައް ގިނަ ކަމާއެކު، އެ މައްސަލަ ހައްލުކުރުމަށް އިންތިހާބުތަކާ ގުޅޭ ގާނޫނުތަކަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭކަން ކަމަށް އެންމެ ފަހުން އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ބުނެފި އެވެ.

އެޕާޓިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އިންތިހާބުގައި އެ ޕާޓީ އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނަސް، އިންތިހާބުތަކަށް ނުފޫޒު ފޯރުވަން އެކި ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިމަގުގައި އެމްއެންޕީން ކުރާނެ ކަމުގައެވެ. އަދި ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެސީއާއެކު، ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާތާ 15 އަހަރުވީ އިރު، ރައްޔިތުން އެދޭ ތަރައްގީ އާއި ފުދުންތެރިކަން އަދިވެސް ނުލިބޭ ކަމަށާއި އެ ޕާޓީން މަސައްކަތް ކުރާނީ އެކަން ބަދަލުކުރުމަށް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި އެޕާޓީގެ ކެނޑިޑޭޓް އަބްދުލް ހަންނާނަށް ހޯއްދެވުނީ އެންމެ 323 ވޯޓެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button