ޚަބަރުސިޔާސީ

ފޯރުވި ނުފޫޒާ ބަލާފައި ލިބުނީ ކާމިޔާބެއް: އިދިކޮޅު

މިއަދު ކުރިއަށްގެންދިޔަ ށ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ފޯރުވި ނުފޫޒުތަކާއި ބަލައި އިދިކޮޅު ޕީޕީއެމަށް ލިބުނީ ކާމިޔާބެއް ކަމުގައި އެޕާޓީން ބުނެފިއެވެ.

މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ، މި އިންތިހާބަށް އެކި ގޮތްގޮތުން ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިންޑިއާގެ ނުފޫޒު ވެސް އޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި ވޯޓަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އާމްދަނީއާ ނުބައްދަލު ހަރަދުތައް ކުރި ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ދިވެހި ދައުލަތުގެ އާމްދަނީއާ ނުބައްދަލު ހަރަދުތައް މި ދާއިރާގެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ދާއިރާގެ ރައްޔިތުންގެ ސިކުނޑިތައް ދޮވުމަށް މި ސަރުކާރުން ކަންކަން ކުރި. މި ފަހުގެ ތާރީހެއްގައި އެއް ދާއިރާއެއްގައި މިހާ ގިނަ ވަޒީފާ އުފެދުނު ދާއިރާއެއް ނެތް،“ ޝުޖާއު ވިދާޅުވި އެވެ.

ކޮމަންޑު އާއި މަރޮށީގެ އިންޖީނުގޭގައި އެއް ފަހަރާ 50 ވަޒީފާ ވަނީ މި ބައި އިލެކްޝަނާ ގުޅުވައިގެން އުފައްދައިފައިވާ ކަމުގެ އަޑު ވަނީ ގަދަ ވެފައެވެ. އަދި ބަޖެޓުން ބޭރުން 2 ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

ޕީޕީއެމް އަށް މި އިންތިހާބު ނާކާމިޔާބުވެފައި ވަނީ އެންމެ 240 ވޯޓުގެ ތަފާތުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button