ޚަބަރު

ކޮވިޑުގެ ހާލަތު ގޯސްވެ ދަވަނަ ފަހަރަށް މާލެ ފުރަބަންދު ކޮށްފި!

ކޮވިޑު-19 ގެ ހާލަތު ގޯސްވެ ދެވަނަ ފަހަރަށް މާލެ ފުރަބަންދުކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއޯސީ) އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމާފައިވާކަމަށެވެ. އެގޮތުން ކާފިއު ނޫން ގަޑިތަކުގައިވެސް ބޭރުގައި އުޅެވޭނީ ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އަދި މާލެއާއި ހުޅުމާލެ އާއި ދެމެދު ދަތުރު ކުރުން މުޅިން ހުއްޓާލަން ވަނީ ނިންމާފައެވެ. ފުރަބަންދު ކުރިކަމަށް މަބްރޫކް ސީދާ ވިދާޅު ނުވިޔަސް މި ފިޔަވަޅުތަކުގެ ސަބަބުން މާލެ އެއްކޮށް ފުރަބަންދު ވީއެވެ.

މިހާރުގެ ކާފިއު ގަޑިއަކީ ހަވީރު 4:00 އިން ހެނދުނު 08:00 އެވެ. ކާފިއު ނޫން ގަޑިތަކުގައި ޒަރޫރީ ބޭނުންތަކަށް ކޮންމެ ގޭބިސީއަކަށް ފުލުހުންގެ ޕޯޓަލް Permit (police.gov.mv) މެދުވެރިކޮށް 2 ފާސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހެނދުނުު 8:00 އިން މެންދުރު 12:00 އަށް ބޭރުގައި އުޅުމަށް ގެއަކުން އެކަކަށް ދޫކުރާ ފާހަކާއި މެންދުރު 12:00 އިން 16:00 އަށް ބޭރުގައި އުޅުމަށް ދޫކުރާ ފާހެވެ.

މީގެ ކުރިން މަބްރޫކު ވިދާޅުވީ މާލެ ފުރަބަންދު ނުކުރާނެ ކަމަށެވެ. ވަގުތު ނޫހުން އެކަން ރިޕޯޓް ކުރުމުން އޭނާ ވިދާޅުވީ އެފަދަ ނިންމުމެއް ނިންމާފައިނުވާކަމަށްވެސް ވިދާޅުވެފައެވެ. އެކަމަކު ހާއްސަ ހުއްދައެއް ހޯދައިގެން ޒަރޫރީ ބޭނުންތަކަށް ނޫނީ އެއްވެސް އިރަކު ބޭރަށް ނުނިކުމޭ ގޮތް ހެދުމަކީ ފުރަބަންދު ކުރުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button