ޚަބަރު

ނަޝީދަށް ހަމަލާދޭން ފަންޑް ކުރިކަމަކަށް ނުބެލެވޭ: ފުލުހުން

މެއި މަހުގެ 6 ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ އެއްވެސް ބަޔަކު ފަންޑް ކޮށްގެން ހިންގި ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިރޭ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފުލުހުން ބުނި ގޮތުގައި މިހަމަލާއާއި ގުޅިގެން ވަނީ 317 ބޭންކް ސްޓޭޓްމަންޓް ހޯދިފައެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އެސެސްމެންޓްއެއް ހެދިފައިވާ ކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.

އަދި މިމައްސަލައަކީ އިނާމް ފައިސާ ދީގެން ދިން ހަމަލާއެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި މިއީ ނަފްރަތާއި އަދާވާތްތެރިކަމުގެ ތެރެއިން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުން ބުނިގޮތުގައި މިމައްސަލާގައި ހައްޔަރު ކުރީ ހަރުކަށި ފިކުރު އަދި އައިސިސްގެ ފިކުރަށް ތާއީދުކުރާ ބައެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button