ޚަބަރުދުނިޔެސިޔާސީ

ދިވެހިރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް، ޗައިނާގެ އެހީތެރިކަމާއި އެއްބާރުލުން ދަމަހައްޓާނެ

ދުބާއީގައި ކުރިއަށްދާ ކޮޕް28 ބައްދަލުވުމުގެ ހަވާސާގައި، ޗައިނާ ސަރުކާރުގެ ފަރާތުން އެ ސަމިޓުގައި ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނެވި އެ ގައުމުގެ ފަސްޓް ވައިސް ޕްރިމިއާ، ޑިންގް ޝުއެޝިއެންގްއާ ރައީސް މުއިއްޒު މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، އެ ބައްދަލުވުމުގައި ރައީސް ވަނީ ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ޗައިނާ އަކީ ދިވެހިރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިޔާކަން ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ކުރިމަގުގައި އިތުރު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް، އެކި ދާއިރާތަކުން ޗައިނާ އިން ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ދަމަހައްޓާނެ ކަމަށް ޑިންގް ވަނީ ވިދާޅުވެފައެވެ. ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވުމަށް އުއްމީދުކުރައްވާ ކަމަށް ވެސް ޑިންގް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button