ޚަބަރުސިޔާސީ

މުޅި ރާއްޖޭގައި ފަސްމިލިއަން ގަސް އިންދުމުގެ މަޝްރޫޢެއް!

މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރުއޫއެއް ކުރިއަށް ގެންދާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

ޔޫއޭއީގައި ކުރިއަށްދާ ތިމާވެއްޓާބެހޭ ބައިނަލްއަގުވާމީ ސަމިޓު (ކޮޕް-28)ގައި ގައުމީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވަނީ ތިމާވެށި ހިމާޔަތްކޮށް ސަލާމަތްކުރުމަށް ކުރައްވާނެ މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އެގޮތުން މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ފަރުތަކާއި މޫދުގެ މުރަކަ އާއި، މަސްމަހާއި އެހެނިހެން ދިރޭތަކެއްޗަށް ލިބޭ ގެއްލުން ކުޑަކުރުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާނެ ކަމަށް ވިދާޅުވެ، ”ދިވެހިރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެލި ފުކެއް، ކޮންމެ މަހެއް، އަދި ކޮންމެ ރުކަކީވެސް އަގުހުރި އެއްޗެއް. އެތަކެއްޗަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިގްތިސާދަށް މުޅި ގައުމަށް ލިބޭ އުނިކަމެއް“ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 ޕަސެންޓަށް އިތުރުކުރައްވާނެ ކަމަށާއި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފެއްދެނީ ބޭނުންވާ މިންވަރުގެ ހަތަރު އިންސައްތަ ކަމަށް ވެސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button