ޚަބަރުސިޔާސީ

ރައީސް ޑރ.މުއިޒް މޯދީއާ ބައްދަލު ކުރައްވައިފި

ދުބާއީގައި ކުރިއަށްދިޔަ ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ރައީސް ނަރެންދުރަ މޯދީ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެ ގައުމުގެ ގުޅުން ބަދަހިކުުރުމަށް މަޝްވަރާ ކުރުމަށް އިސް ވެރިންގެ ގްރޫޕެއް އެކުލަވާލަން ވަނީ ނިންމާފައެވެ.

މިގޮތުން މޯދީ އެކްސްގައި ވިދާޅުވެފައިވަނީ ރައީސް މުއިއްޒުއާ އެކު ބޭއްވެވީ އުފެއްދުންތެރި ބައްދަލުވުމެއް ކަމަށާއި ދެ ގައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި ގުޅިގެން މަސައްކަތް ކުރުމުގެ އުއްމީދުގައި ހުންނެވި ކަމަށެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅުން ހުރި ދާއިރާތަކާއި ކުޅިވަރުގެ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ދިވެހިރާއްޖެއާ އިންޑިޔާގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ ވެރިން މަޝްވަރާ ކުރެއްވި އިރު، ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖޭން ބޭލުމަށް ދިވެހި ސަރުކާރުން ވަނީ ރަސްމީކޮށް އިންޑިޔާ ސަރުކާރުގައި އެދިފައެވެ. އާ ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 77 ސިފައިން އެބަތިއްބެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އިންޑިއާގެ ނުފޫޒާ ދެކޮޅަށް ’އިންޑިއާ އައުޓް’ގެ ނަމުގައި ހަރަކާތްތަކެއް ހިންގި، އޭރުގެ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button