ޚަބަރުސިޔާސީ

ދައުލަތަށް އަނެއްކާވެސް ބުރައެއް، މިފަހަރު ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެެރިއަކަށް ސިޔާސީ މަގާމެއް!

ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިއެއް ކަމަށްވާ ތަހާރަތު ވަހީދަށް އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމު ދީފިއެވެ.

މުސާރައާއި އެލަވަންސްގެ ގޮތުގައި އެ މަގާމު އަދާކުރާ މީހަކަށް 25،00 އަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ. އެއީ ސިޔާސީ މަގާމެކެވެ.

ތަހާރަތު ރާއްޖެ ޓީވީގައި މަސައްކަތް ކުރިފަހުން އޭނާ ވަނީ ”ހަމަ“ ނަމަކަށް ކިޔާ އޮންލައިން ނޫހެއްވެސް އުފައްދާފައެވެ. އޭނާ އަކީ ނޫސްވެރިކަމުގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ މީހެކެވެ.

ތަހާރަތުގެ އިތުރުންވެސް ރާއްޖެ ޓީވީގައި މަސައްކަތް ކުރި ގިނަ ނޫސްވެެރިންނަށް މި ސަރުކާރުން ވަނީ ސިޔާސީ މަގާމުތައް ދީފައެވެ، އޭގެ ތެރެއިން ބައެއް ނޫސްވެރިން މިނިވަން މުއައްސަސާތަކަށްވެސް ވަނީ އައްޔަންކޮށްފައެވެ.

ސަރުކާރަށް ލިބޭ އާމްދަނީއަށްވުރެ ހަރަދު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އިތުރު ސިޔާސީ މަގާމުތައް އުފެއްދުމުގެ ސަބަބުން ދައުލަތަށް އިތުރު ބުރައެއް އުފުލަން ޖެހޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button